އިދިކޮޅު ޕީޕީއެމްގެ މަދު ބަޔަކާއިއެކު މިއަދު މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލައި، ބައެއް މީހުންނާއި ކުރިމަތިލައި ފުލުހުން އަމަލުކޮށްފައޮވާ ގޮތަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
މިއަދު 10 ވަރަކަށް މީހުންނާއިއެކު އިދިކޮޅު ކޯލިޝަނުން މާލޭގެ ބައެއް މަގުތަކުގައި ކުރިއަށްދިޔަ ހިނގާލުން ހުއްޓުވުމަށް ފުލުހުންވަނީ މުޒާހަރާގެ އަންހެން ބައިވެރިޔަކާއި ކުރިމަތިލައި މުޒާހަރާ ހުއްޓުވާފައެވެ. ގިނަ ބަޔަކު މި ވީޑިއޯ ސޯޝަލް މީޑިޔާގައި ދައުރު ކުރަމުންދާއިރު، އަންހެނެއް ހުއްޓުވުމަށް ފިރިހެން ފުލުހެއް އަމަލުކޮށްފައިވަނީ ހާލަތާއި ނުބައްދަލު ގޮތަކަށް ކަމަށް ގިނަބަޔަކު ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ސަރުކާރުން ހިންގާ ޖަރީމާތައް ހާމަކޮށް ރައްޔިތުންނަށް ހަގީގަތް ކިޔައިދިނުމަށް އަޑު އުފުލަން ނިކުތުމުން މުޒާހަރާގެ ބައިވެރިންނާއި ކުރިމަތިލައި ދެމުންދާ އަނިޔާތަކާއިމެދު މިއަދު ހައިރާންވާކަމަށެވެ. އަދި މިއީ ދިވެހި ފުލުހުންގެ ފަރާތުން ފެނިގެންވާނެ ނަމޫނާއެއް ނޫންކަމަށް ޝިޔާމް ވިދާޅުވިއެވެ.
Sarukaarun hingaa jareemaa thaka dhekolhah sulhaverikamaai eku HPA ge guideline aa ehgothah adu ufulaa Raees Yameen minivankurumah govaalan PPM Council Member Rukushana (Ruku) nikunnevee Dhivehi ?? hippavaigen. @PoliceMv mee ekamaku fukeh boduvaru ? pic.twitter.com/7Yw5qLhqK6
— Ahmed Shiyam (@Shiyamaldives) February 14, 2021
މި ވީޑިޔޯ އާންމުކޮށް މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ފެނިގެންދިޔަ މަންޒަރުން ދިވެހި ފުލުހުންގެ ޚިދުމަތް އައިސްފައިވާ ހެޔޮ ބަދަލު ހާމަވާކަމަށެވެ. އަދިމިއީ ޤާނޫނީ އިމުގެ ތެރެއިން ބަލަންޖެހޭ މައްސަލައެެއްކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.
މި މަންޒަރުން މިފެންނަނީ @PoliceMv ގެ ޚިދުމަތުގެ ފެންވަރަށް އައި ހެޔޮ ބަދަލެއްތޯ؟
ެެމިމަންޒަރު ޤާނޫނުގެ ނަޒަރިއްޔާއިން ބެލުމަކީ މުހިންމު ކަމެއްކަމުގައި ދެކެން! pic.twitter.com/lnCQDUHRfg
— ????? ????? – ?? (@AlhanFahmy) February 14, 2021
މި ވީޑިޔޯ އާންމުކޮށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާއިރު މިކަމާއި ގުޅިގެން މިހާތަނަށް ފުލުހުން އަދި އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ. ނަމަވެސް މިއީ މުޒާހަރާތަކާއި އެއްވުންތައް ކޮންޓްރޯލް ކުރުމުގައި ފުލުހުން އަމަލުކުރާ އުސޫލުތަކާއި ޚިލާފަށް ހިންގާފައިވާ އަމަލެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ