އެމްޑީޕީގެ އެކްޓިވިސްޓުން ކުރިއަށްނެރެނީ އެޕާޓީގެ ލީޑަރުން ދައްކާ ނަމޫނާ ކަމަށް ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އުފެދުނު އެންމެމޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގާއި، އަކްރަމް އަބްދުލް ޣައްނީއަށް ނިސްބަތްކޮށް އެމްޑީޕީއަށް ނިސްބަތްވާ ސޫޒަން ދައްކާފައިވާ ވާތައް ކުށްވެރި ކުރައްވައި ޑރ.ޖަމީލް ވިދާޅުވީ ޤައުމަށް ރީތިނަނަ ހޯދާ ފަރާތްތަކާއިމެދު އަބަދުވެސް އިހުތިރާމުކުރަން ޖެހޭކަމަށެވެ. އެމީހުންނަކީ ޤައުމީ ބަތަލުންނަށްވާއިރު އެމީހުންނާއި ދިމާކޮށް ހެދުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއްކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި މިގޮތަށް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނަށް ޤައުމަށް ރީތިނަން ހޯދާ މީހުންނާއި ދިމާކޮށްލަން ކެރެނީ ލީޑަރޝިޕުން އެނަމޫނާ ދައްކާތީކަމާށް ޑރ.ޖަމީލް ވިދާޅުވިއެވެ.
ދިވެހި ޤައުމަށް ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކަށް އިޙްތިރާމްކުރަންޖެހޭ. ކޮންމެ ޤަޢުމެއްގައިވެސް ފަޚްރުވެރިވާ ކަންކަމާއި މީހުންނަކީ އެ ޤައުމެއްގެ އައިޑެންޓިޓީގެ ބައެއް. އެމްޑީޕީގެ އެކްޓިވިސްޓުން ކުރިއަށްނެރެނީ އެޕާޓީގެ ލީޑަރުން ދައްކާ ނަމޫނާ. މަޢާފަށް އެދެންޖެހޭ.
– ޑރ.ޖަމީލް ވިދާޅުވިއެވެ.
ދިވެހި ޤައުމަށް ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކަށް އިޙްތިރާމްކުރަންޖެހޭ. ކޮންމެ ޤަޢުމެއްގައިވެސް ފަޚްރުވެރިވާ ކަންކަމާއި މީހުންނަކީ އެ ޤައުމެއްގެ އައިޑެންޓިޓީގެ ބައެއް. އެމްޑީޕީގެ އެކްޓިވިސްޓުން ކުރިއަށްނެރެނީ އެޕާޓީގެ ލީޑަރުން ދައްކާ ނަމޫނާ. މަޢާފަށް އެދެންޖެހޭ. pic.twitter.com/dSY3XQ5FSj
— Mohamed Jameel Ahmed (@MJameelAhmed) February 14, 2021
ސޫޒަން އިބްރާހިމްފުޅަކީ ކުރީގެ ނޫސްވެރިޔެކެވެ. އަދި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު (އަންނި) ރައްޔިތުންގެ މަޖިލީހުގެ މާލޭ މެމްބަރުކަމުގެ ގޮނޑިއަށް އިންތިހާބުކުރުމަށް ހިންގި ކެމްޕޭނުގެ ޕީއާރުކަން އޭނާ ވަނީ ކޮށްފައެވެ. އޭނާ އަކީ މިވަގުތު އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ފަނޑިޔާރުވެސް މެއެވެ. މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މަތި އުތުރު ޕްރޮވިންސުގެ ޕްރޮޖެކްޓް ޑިރެކްޓަރެއްގެ ގޮތުގައި ސަރުކާރުގައި އޭނާ މަސައްކަތް ކުރިއެވެ.
އަލީ އަޝްފާޤާއި އަކްރަމް އަކީ ރާއްޖެއަށް ފަހުގެ ތާރީހެއްގައި ފުޓުބޯޅައިން ހޯދި ހުރިހާ ކާމިޔާބީއެއްގެ އެންމެބޮޑު ހިއްސާ އޮތް ދެކުޅުންތެރިންނެވެ. މި ދެކުޅުންތެރެއިންނަކީ ރާއްޖެއަށް ފުޓުބޯޅައިން ރީތިނަން ހޯދައި ދުނުމަށް ގަދަ އަޅައި މަސައްކަތް ކުރާ ފުޓުބޯޅަ ދަނޑުގައި އެތައްބައެއްގެ ލޯތްބާއި އިހުތިރާމް ލިބިފައިވާ ދެކުޅުންތެރިންނެވެ. މިދެކުޅުންތެރިންނަށް ރާއްޖޭގެ ރައްޔިތުންގެ މެދުގައި އޮތް ލޯތްބާއި އިހުތިރާމު ސޯޝަލް މީޑިޔާއިންދަނީ ހާމަވަމުންނެވެ.
ކޮމެންޓު ފޮނުވާ