މިލާން ބަލިވެ އިންޓައަށް ފުރުސަތު ތަނަވަސްވެއްޖެ

މިލާން ބަލިވެ އިންޓައަށް ފުރުސަތު ތަނަވަސްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
14 ފެބްރުއަރީ 2021 10:43
0

އިޓާލިއަން ލީގުގައި ރޭ ސްޕެޒިއާ އަތުން އެއް ވަނައިގައި އޮތް އޭސީ މިލާން 2-0 އިން ބަލިވުމުން ދެ ވަނައިގައި އޮތް އިންޓަ މިލާނަށް ލީގުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު ލިބިއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ސްޕެޒިއާ އިން މިލާން ކޮޅަށް ދެ ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގައެވެ. މެޗުގެ 55 ވަނަ މިނިޓްގައި އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ސްޕެޒިއާ އަށް ލީޑުނަގައިދިނީ ޖިއުލިއޯ މަގިއޯރްއެވެ. އޭގެ 11 މިނިޓް ފަހުން ސްޕެޒިއާގެ ދެ ވަނަ ގޯލު ޖެހީ ސިމޯން ބަސްޓޯނީއެވެ. ރޭގެ މެޗުގައި މިލާންގެ ކުރިއަށް ކުޅޭ ކުޅުންތެރިންނަށް މާ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.

ސްޕެޒިއާ ވަނީ ރޭގެ މޮޅާ އެކު ލީގުގެ 14 ވަނަ އަށް ޖެހިލައިފައެވެ. މިލާން އެއް ވަނައިގައި އޮތީ 22 މެޗުން 49 ޕޮއިންޓާ އެކުއެވެ. އިންޓަ ދެ ވަނައިގައި އޮތީ 21 މެޗުން 47 ޕޮއިންޓާ އެކުއެވެ. މިރޭ ލާޒިއޯއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން އިންޓަ އަށް ލީގުގެ އެއް ވަނަ އަށް އެރޭނެ އެވެ. ލީގުގައި ދެން މިލާން އެންމެ އަވަހަށް ކުޅޭ މެޗަކީ އަންނަ ހަފްތާގައި އިންޓައާ ބައްދަލުކުރާ މެޗެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.