މަގުތަކަށް ނިކުންނަ މެމްބަރުންގެ ގަޔަށް ދެޑޯޒު އެއްފަހަރާ ޖަހާފަ ދޫކޮށްލަން މޫސަ ގޮވާލައިފި

މަގުތަކަށް ނިކުންނަ މެމްބަރުންގެ ގަޔަށް ދެޑޯޒު އެއްފަހަރާ ޖަހާފަ ދޫކޮށްލަން މޫސަ ގޮވާލައިފި

Author
މުޙައްމަދު ޝަޒައިމް
14 ފެބްރުއަރީ 2021 10:04
0

ކޯވިޑްގެ ނުރައްކާތެރިކަން ބޮޑުވެފައިވާ ދަނޑިވަޅުގައި މަގުތަކަށް ނިކުންނަ މެމްބަރުންގެ ގަޔަށް އެއްފަހަރާ ދެޑޯޒް ކޯވިޑް ވެކްސިން ދެވޭނަމަ، ދެޑޯޒް ވެކްސިން ދިނުމަށްފަހު ދޫކޮށްލުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން މިހާލަތުގައި ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން މޫސަ ވިދާޅުވީ މަޖިލީހުގެ މެމްބަރުންނާއި މުޒާހަރާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން އެއްވެސް ރައްކާތެރިކަމެއްނެތި މަގުތަކަށް ނިކުމެ މުޒާހަރާކުރުމަކީ މިވަގުތު ޖާގަދޭންޖެހޭ ކަމެއްނޫންކަމަށެވެ. އެކަން އެގޮތަށް ކުރާނަމަ ދެޑޯސް ވެކްސިން އެއްފަހަރާ ދިނުމަށް މޫސަ ވަނީ ގޮވާލާފައެވެ.

ޤާނޫނު އަސާސީން ޙައްޤު ތައްމިނަށް ހޯދަން ބޭނުން މެމްބަރުންކުރެ ޢާއްމުރައްޔަތުންނާ ފޮށި ހުތުރުބަހުން މުޢާމަލާތް ކުރާމެމްބަރުން އެކަމަށް މަގުތަކަށް ނިކުތުމުގެ ކުރިން އެހެންމީހުންގެ ފުރާނައަށްޓަކާ ވެކްސިންގެ ދެޑޯޒު އެއްފަހާރާ ޖެހޭނެ ގޮތެއް އޮތްނަމަ ޖަހާފަ ދޫކޮށްދެއްވާ.

– މޫސަ ވިދާޅުވިއެވެ.

އިކޮޅު ކޯލިޝަނުން ދަނީ ސިލްސިލާ ގޮތެއްގައި މާލޭގެ މަތުގައި މުޒާހަރާ ކުރަމުންނެވެ. އެގޮތުން ރޭގައިވެސް ވަނީ އެޗްޕީއޭއިން އާންމުކުރި ގައިޑްލައިނާއި އެއްގޮތަށް މުޒާހަރާ ކުރަމުންނެވެ. ރޭގެ މުޒާހަރާއާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފްވުމަށް މަޖުބޫރު ކުރުވީ ސަރުކާރުން ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ވެސް ތާއީދު ކުރުމާ ގުޅިގެން އެ ކޯލިޝަންގެ ދެ ޕާޓީ ހިމެނޭ ކައުންސިލުން ވަނީ "ސީދާ ހަރަކާތަށް" ނުކުންނަށް ގަރާރެއް ފާސްކޮށްފައެވެ. އެއަށް ފަހު، ކޮންމެ ދުވަހަކުހެން އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ގެންދަނީ މާލޭގައި މުޒާހަރާ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.