ސްނޯކްލިންއަށް ދިޔަ ފަތުރުވެރިޔަކު ގެއްލިގެން ހޯދަމުންދާއިރު އޭނާ އަދިވެސް ނުފެންނަކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ ގެއްލިގެން ހޯދަމުންދަނީ އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުން އެކަނި ސްނޯކްލިންއަށް ދިޔަ އަންހެން ފަތުރުވެރިއެއްކަމަށެވެ. އަދި މިމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނީ އެމްއެންޑީއެފް ނޮދަން އޭރިޔާ ކޯސްޓް ގާޑުން ކަމަށެވެ.
މި އަންހެން ފަތުރުވެރިޔާ ލައިގެން ހުރީ ރަތްކުލައިގެ މޫދު ހެދުމެއްކަމަށް ރިޕޯޓް ލިބިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
މި ހާދިސާގެ ރިޕޯޓް ލިބިފަިއވަނީ ރޭ 20:58 ގައެވެ. މިމީހާ ހޯދުމަށް މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ