ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ މައްޗަށް ކުރާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތުގެ ތަހުގީގަށް، އެ މަނިކުފާނު ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ހަތަރު ގަޑިއިރަށް ގެކޮޅަށް ގެންދަން ނިންމައިފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ރައީސް ޔާމީންގެ މައްވަށް އެމްއެމްޕީއާރުސީ ތަހުގީގާއި ގުޅިގެން ބަލަމުންދާ މައްސަލަތަކުގައި އެމަނިކުފާނު ވަނީ މީގެ ކުރިންވެސް ފުލަށް ހާޒިރުކޮށްފައެވެ، ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް މިއަދު ހެނދުނު ހާޒިރުކުރާތީ، ފުލުހުންގެ މައިދާރާ ހުންނަ ސަރަހައްދު މިހާރު ވަނީ ބަންދުކޮށްފައެވެ. ނަމަވެސް އެ މަނިކުފާނު ގެކޮޅަށް ގެންދަނީ ކިހާއިރަކު ކަމެއް، ގެކޮޅަށް ގެންދަނީ ކޮން ބޭނުމަކު ކަމެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.
ކޮމެންޓު ފޮނުވާ