ރ.އުނގޫފާރު މަގު ހެދުމުގެ މަސައްކަތް ނިންމުމަށްޓަކައި މަގުތަކުގައި ތާރުއެޅުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވި ކަމާއިއެކު ކުރިއަށް ދާކަމަށާއި، މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރުއެޅުމަށް ބޭނުންވާ އިކުއިޕްމަންޓް މިހާރުވަނީ މޮބިލައިޒްކޮށްފައިކަމަށެވެ.
ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވިމިނެއްގައި ކުރިއަށް އެބަދޭ. މި މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރުއެޅުމަށް ބޭނުންވާ އިކުއިޕްމަންޓް މިހާރުވަނީ މޮބިލައިޒްކޮށްފައި. #MTCCProjects pic.twitter.com/ulXGhU8cHH
— MTCC Plc (@MTCCPlc) February 14, 2021
އެމްޓީސީސީން ބުނެފައިވަނީ މި މަޝްރޫޢުގެ ދަށުން، ސަބްގްރޭޑް މަސައްކަތުގެ %46 އާއި ޕްލާންޓް ބެހެއްޓުމުގެ މަސައްކަތުގެ %45 މިހާރު ނިމިފައިވާކަމަށެވެ.
އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުއަށް ދާދި ފަހުން ވަނީ އިތުރު 4 މަގެއް ތަރައްޤީކުރުންވެސް ހިމަނާފައެވެ. އެހެންކަމުން އެ 4 މަގާއެކު 16،488 އަކަމީޓަރުގެ ސަރަހައްދެގައި، ޖުމްލަ 19 މަގެއްގައި ތާރުއަޅަ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރ.އަތޮޅުގެ ވެރިކަންކުރާ އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެރަށުގައި ފެންހިންދުމުގެ ނިޒާމާއި، މަގުބައްތިއާއި، ދުވެލިމަތަ ހެދުމުގެ އިތުރުން ޓްރެފިކް ނިޝާންތައް ހަރުކުރުން ހިމެނެއެވެ. އެރަށު މަގުހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެންނެވެ.
ކޮމެންޓު ފޮނުވާ