ކާގޯ ބޯޓެއްގެ ތެރެއަށް ވެއްޓި މީހަކު މަރުވެއްޖެ

ކާގޯ ބޯޓެއްގެ ތެރެއަށް ވެއްޓި މީހަކު މަރުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
14 ފެބްރުއަރީ 2021 08:37
0

ކާގޯ ބޯޓެއްގެ ތެރެއަށް ފަޅުވެރިއަކު ވެއްޓި އަވަސްފަރުވާއަށް އައްޑޫ ސިޓީ އީކަޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައިކަމަށް ހޮސްޕިޓަލުން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ އައްޑޫ އިރުދެކުނުން 165 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ "އެމްވީ ޑާބީ" ނަމަކަށް ކިޔާ ކާގޯ ބޯޓެއްގެ ބިދޭސީ ފަޅުވެރިއެއް ވެއްޓި އަވަސް ފަރުވާއަށް ބޭނުންވެގެން އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރިސޯސް ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)ގެ އެހީތެރިކަމަށް އިއްޔެ މެންދުރު 12:26 ހާއިރު އެދުމުން ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކުގެ ހުއްދައާއިއެކު އެބޯޓު އައްޑޫއާއި ދިމާލަށް ކައިރިކޮށް، ކަނޑުމަތިން އަނިޔާވިމީހާ ކޯސްޓް ގާޑު ލޯންޗަށް ނަގައި އައްޑޫ ސިޓީއަށް ގެންގޮސްފައިވާކަމަށެވެ.

އެފަޅުވެރިއަކީ ސްރީލަންކާއަށް ނިސްބަތްވާ ރައްޔިތެކެވެ. އެމީހާ ހޮސްޕިޓަލަށް ގެންދެވިފައިވަނީ ރޭ ދަންވަރު 23:40 ހާއިރުކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މިހާދިސާއާއި ގުޅިގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެފައިވަނީ އެ ބިދޭސީ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައިކަމަށެވެ. އަދި މިމީހާ މިހާރު އޮތީ ހިތަދޫގައި ހުންނަ ރީޖަނަލް ހޮސްޕިޓަލްގެ މޯޗަރީ ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.