މަންޓާ އެއާ ސީޕްލެއިނެއް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓިއްޖެއެވެ.
މިސީ ޕްލޭނަކީ މާފިލާފުށިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރި ބޯޓެއް ކަމަށާއި، 6 ފަސިންޖަރުންނާއި 3 ކުރޫއާއެކު ދަތުރުކުރި މި ބޯޓް ވެއްޓުމުގައި ހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް މަންޓާ އެއަރއިން ބުނެއެވެ.
މިހާދިސާ ހިނގީ މިއަދު ހެނދުނު ރިސޯޓަކުން ގެސްޓުން ގޮވައިގެން ހުޅުލޭ ފަޅުތެރެއަށް ޖައްސަން އުޅުމުގެ ތެރޭގައެވެ. މި ހާދިސާއާއި ގުޅިގެން މާލެއަށް ދަތުރުކުރަމުންދިޔަ ސީޕްލޭންތައްވަނީ އެހެން ތަންތަނަށް ޑައިވަރޓްކޮށްފައެވެ.
ކޮމެންޓު ފޮނުވާ