ކޯވިޑް-19އަށް އިތުރު 209 މީހުން ޕޮޒިޓިވްވެއްޖެއެވެ.
މިއަދު ޕޮޒިޓިވްވި 209 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 101 މީހުންނާއި ރަށްރަށުން ޕޮޒިޓިވްވި 15 މީހުންގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި 6 މީހުންނެވެ. މީގެ އިތުރުން އިންޓަސްޓްރިއަލް ރަށްތަކުން 73 މީހަކާއި، ލިވަބޯޑުން 14 މީހަކު ވަނީ ޕޮޒިޓިވްވެއްފައެވެ.
މިއާއެކީ ރާއްޖެއިން މިހާތަނަށް ބަލިޖެހުނު މީހުންގެ ޖުމްލަ ޢަދަދު ވަނީ 17،716 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 149 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 15،291 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،360 މީހުންނެވެ. އަދި މިހާރު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 190 މީހުންނަށެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 4،006 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި މިބަލި ދެނެގަތުމަށް ޖުމްލަ 457،673 ސާމްޕަލްވަނީ ނަގާފައެވެ. މި ބަލީގައި ރާއްޖޭގައި ވަނީ 58 މީހުން ނިޔާވެފައެވެ. އެއީ 50 ދިވެހިންނާއި، 8 ބިދޭސީންނެވެ
ކޮމެންޓު ފޮނުވާ