ދިވެހި ފުޓުބޯޅަ ކުޅުންތެރިންނާއި ގުޅޭގޮތުން ސޯޝަލް މީޑީޔާގައި (ސޫޒަން) ކިޔާ މީހަކު ދައްކާފައިވާ ވާހަތަކަކީ ސީރިއަސް ވާހަކަތަކެއް ކަމަށާއި، މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް އެފްއޭއިން ކަމާއިބެހޭ ފަރާތްތަކަށް ގޮވާލައިފިއެވެ.
ރާއްޖޭގެ ގިނަބަޔެއްގެ ލޯބި ހޯދާިވާ އަލީ އަޝްފާގް (ދަގަނޑޭ) އާއި އަކްރަމް އަބްދުލް ޢަނީ (އަކޫ) އާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި ސޫޒަން ދައްކާފައިވަ ވާހަތަކާއި ގުޅޭގޮގުން އެފްއޭއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހި ފުޓުބޯޅަ ކުޅުންތެރިންނަކީ އެފްއޭއެމްއާއި ފީފާގެ ގަވާއިދުތައް ފުރިހަމައަށް ތަބާވެ އަމަލު ކުރަމުންދާ ކުޅުންތެރިންކަމަށެވެ. ދިވެހި ފުޓުބޯޅަ ކުޅުންތެރިންނަކީ ރާއްޖޭގެ ޤާނޫނަށް ބޯލަބައި މާތްވެގެންވާ އިސްލާމްދީނުގެ ހަމަތައް ހިފެހެއްޓެމުގައިވެސް ނަމޫނާ ދައްކާ ކުޅުންތެރިންކަމަށެވެ. އެގޮތުން ހަނގުރާމަ ކުރުމާއި އިންސާނީ ކަރާމާތް ހިފެހެއްޓުމާއި ނަސްލީ ތަފާތު ކުރުމާއި އިންސާނީ ވަގުފާރިކުރުންފަދަ ކުޅިވަރުގެ އަގުމާތްވި އުސޫލުތަކާއި ޚިލާފު އެންމެހައި ކަންކަމުން ދުރުގައި ތިބިބައެއްކަމަށް އެސޯސިއޭޝަނުން ޔަގީން ކުރާކަމަށް ބަޔާނުގައިވެއެވެ.
ނަމަވެސް ދިވެހި ފުޓުބޯޅަ ކުޅުންތެރިންނަކީ ސީރިޔާއަށް ޖިހާދުވުމަށް ދިއުމަށް ތައްޔާރުވެފައިވާ ބައެއް ކަމަށާއި، ޓީމު ބަލިވެއްޖެނަމަ ދަނޑުވެސް ގޮއްވާލާނެކަމަށްބުނެ ސޯޝަލް މީޑިޔާގައި އާންމުކޮށްފައިވާ ހަގީގަތެއްނެތް ވާހަކަތައް އެސޯސިއޭޝަނުން ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން.
– ބަޔާނުގައިވެއެވެ.
ރާއްޖޭގެ އެއްވެސް ފުޓުބޯޅަ ކުޅުންތެރިޔަކީ ހަނގުރާމަވެރި ނުވަތަ ދިވެހި ރާއްޖޭގެ ޤާނޫނުތަކާއި ބައިނަލް އަގުވާމީ ފުޓުބޯޅައިގެ ޤަވާއިދުތަކާއި ޚިލާފްވާފަދަ އަމަލުތަކާއި ޖަމްއިއްޔާތަކާއި އެއްވެސް މިންވަރަކަށް ގުޅިފައިވާ ބައެއްކަން މިހާތަނަށް އެސޯސިއޭޝަން އެއްވެސް މިންވަރަކަށް ފާޙަގަކުރެވިފައިނުވާކަމަށް އެފްއޭއެމްއިން ބުނެފައިވެއެވެ.
އެފްއޭއެމްއިން ބުނީ ސޯޝަލް މީޑިޔާގައި އާންމުކޮށްފައިވާ މިވާހަތަކުގެ ސަބަބުން ދިވެހި ފުޅުބޯޅަ އަޅާއިލާއަށާއި، ކުޅުންތެރިންނަށާއި، ކުޅުންތެރިންގެ އާއިލާއަށް ގުނުކުރެވޭފަދަ ގެއްލުން ކުރިމަތިވަމުން އަންނަކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ ފުޓޫބޯޅައިން ބައިނަލް އަގުވާމީ ގޮތުން ކުރިއަށްދާން ރާއްޖެއަށް ގިނަގުނަ ހުރަސްތަކެއް ކުރިމަތިވާނެ ފަދަ ވާހަތަކަކަށްވެފައި ވަށައިގެންވާ އަމިއްލަ ގައުމުގެ މިކުޑަކުޑަ މުޖުތަމައުގައިވެސް ފިތުނަފަސާދައާއި ބިރުވެރިކަން އުފެދޭފަދަ ވާހަތަކެއްކަމަށް އެސޯސިއޭޝަނުން ބުނެފައިވެއެވެ.
ސޯޝަލް މީޑިޔާގައި ދައްކާފައިވަނީ މިހާތަނަށް ފުޓުބޯޅައާއި ގުޅުވައިގެން ދެކިފައިވާހަކަތެއް ނޫންކަމަށާއި، އެހެންކަމުން މިއީ އާދައިގެ ކަމެއްކަމަށް ނުބަލައި ކަމާއިގުޅޭ އިދާރާތަކުން މިކަމުގެ ފުރިހަމަ ތަހުގީގެއްގެ ކޮށްދެއްވުމަށް އެސޯސިއޭޝަނުން ވަނީ ގޮވާލާފައެވެ. އަދި ފުޓުބޯޅަ ކުޅުންތެރިންނާއި ގުޅޭގޮތުން ބައިބައިވުން އުފެދޭފަދަ ހަގީގަތާއި ޚިލާފަށް ވާހަކަ ދައްކާ ފަރާތްތަކާއިމެދު އެސޯސިއޭޝަނުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ