Ad
އަޅުގަނޑު ޖޭއެސްސީގައި އިންނަން ރައީސް ޔާމީން ބޭނުންފުޅުވޭ: ނަޝީދު

އަޅުގަނޑު ޖޭއެސްސީގައި އިންނަން ރައީސް ޔާމީން ބޭނުންފުޅުވޭ: ނަޝީދު

Author
މުޙައްމަދު ޖިމީ
14 އޮކްޓޯބަރ 2020 11:30
0

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިޔައްޔަތުން ޖޭއެސްސީގައި އިންނެވުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މޫސުމީ ބަދަލުތަކާއި ގުޅިގެން ރާއްޖެއިން ކުރަންޖެހޭ މަސައްކަތް އިތުރުކުރުމަށް ގޮވާލާ ހުށައެޅި މައްސަލައަކާއި ގުޅިގެން މާވަށު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ސަޢީދު ވަނީ ތިމާވެށިގެ ރޮނގުން ކުރައްވާ މަސައްކަތްތަކަށް ފުރިހަމަ ބުރަދަނެއް ހޯއްދަވަން ޖެހޭނަމަ ޖޭއެސްސީން ރައީސް ނަޝީދު އިސްތިއުފާދެއްވަން ޖެހޭކަމަށެވެ.

ރައީސް ޖޭއެސްސީގައި އިންނަވައިގެނެއް ރައީސް ޔާމީނަކަށް، ދިވެހި ރައްޔިތަކަށް އިންސާފެއް ނޯންނާނެ. ރައީސްގެ ސީދާ ވާދަވެރިޔާ އެއީ ރައީސް ޔާމީނަކީ. މަނިކުފާނާއި މަނިކުފާނުގެ ލީގަލް ޓީމް އެއޮތީ އެތާނގަ.

މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު

ސަޢީދުގެ އެވާހަކަފުޅަށް ރައްދުދެއްވާ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނެވުމަކީ ރައީސް ޔާމީން އެންމެ ބޮޑަށް އެދިވަޑައިގަންނަވާނެ ގޮތްކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، އިންސާފުވެރިކަމާއެކު ރާއްޖޭގައި ޝަރީޢަތްތައް ނުކުރެވޭނަމަ ކުރީގެ ރައީސުންނަށް ލިބޭނެ އަނިޔާއާއި ގެއްލުން ބޮޑުވާނެކަމަށާއި، އެމަނިކުފާނަކީ އެކަން އެންމެ ގާތުން ތަޖުރިބާކުރެއްވި ބޭފުޅާކަމަށެވެ.

އަޅުގަނޑަށް ފެންނަ ފެނުމުގައި ރައީސް ޔާމިން އެންމެ ބޮޑަށް އެދިވަޑައިގަންނަވާނެ އެއްކަމަކީ އަޅުގަނޑު މިވަގުތު ޖޭއެސްސީގައި އިނުން. އަޅުގަނޑު ވަރަށް ތެދަށް މިދަންނަވަނީ ދިވެހިރާއްޖޭގައި އިންސާފުވެރިކާއެކީގައި ޝަރީޢަތްތައް ހިންގޭ ގޮތް މެދުވެރި ނުވެއްޖެނަމަ ކުރީގެ ރައީސުންނާ ލިބޭނެ އަނިޔާއާއި ގެއްލުން އިންތިހާވާނެ. އަލުގަނޑުމީ އިންސާފު ނެތަތީ އެކަން ވަރަށް ގާތުން ސީދާ ތަޖުރިބާކޮށްފަހުރި މީހެއް. އެންމެފަހަރކު ދެފަހަރަކު ނޫން.

ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ، ކުރިން ރައީސްކަން ކޮށްފައިވާ ބޭފުޅުން ގޯސްކޮށް ކަމެއްކޮށްފައިވާނަމަ އެބޭފުޅަކަށް އަދަބު ލިބެންޖެހޭނެކަން ރައްޔިތުން ޤަބޫލުކުރާކަމަށާއި، އެކަން އޮންނަޖެހޭނެ ގޮތަކީވެސް އެއީކަމަށެވެ. އަދި ޝަރުޢީ ނިޒާމުގެ ތެރެއިން އެކަން އެގޮތަށް ހަމަޖެހިފައި އޮންނަންވާނެކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ އެމަނިކުފާނު ޖޭއެސްސީގައި އިންނެވުމަކުން އަނިޔާ އިސްނުކުރައްވާނެކަމަށާއި، އިންސާފު ޤާއިމްކޮށްދެއްވާނެކަމަށެވެ.

އަޅުގަނޑު ޔަޤީންކަން އަރުވަން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ މިހާރު އެއޮތްގޮތަށް އޮތްހާ ހިނދު މިމަޖިލީހުގެ ރައީސްގެ ގޮތުގައި އަޅުގަނޑު ޖުޑީޝަލް ސާރވިސް ކޮމިޝަންގައި އިށީނދެ އިނދެ ކުރާ މަސައްކަތްކުރާނީ އިންސާފުވެރިކަމާ އަދުލުވެރިކަމާ އިޚްލާސްތެރިކަމާ އަދި މަދަދުވެރިކަމާއެކީގަ. އަނިޔާވެރިކަން ކުޑަކޮށްވެސް އިސްނުކޮށް.

ރައީސް ނަޝީދު

މަޖިލީހުގެ ރައީސް ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް މިހާރު އައިސްފައިވާކަމަށް މީގެ ކުރިންވެސް ވިދާޅުވެފައެވެ. ޤާނޫނު އަސާސީ ބުނާގޮތުން ޖުޑީޝަލް ސާރވިސް ކޮމިޝަން އެކުލެވިގެންވާންވާނީ މަޖިލީހުގެ ރައީސްއާއި މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅާ މެންބަރުންގެ މައްޗަށް އެކުލެވޭ 10 މެންބަރުންގެ ކޮމިޝަނެއްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.