ރޮޒައިނާގެ ލަވަޔާއިއެކު، މިއުޒިކާއި ލަވަޔަށް ރައީސް ނަޝީދުގެ ތައުރީފް

ރޮޒައިނާގެ ލަވަޔާއިއެކު، މިއުޒިކާއި ލަވަޔަށް ރައީސް ނަޝީދުގެ ތައުރީފް

Author
މުޙައްމަދު ޝަޒައިމް
13 ފެބްރުއަރީ 2021 12:45
0

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، އޭނަގެ ފިރިކަލުން، ކިނބިދޫ ދާއިރާގެ މެންބަރުން މުޙައްމަދު ނާޝިޒް ދެކެ ވާލޯބި ލަވައަކުން ބަޔާން ކުރުމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ލަވަޔާއި މިއުޒިކުގެ ބާރުގަދަކަށް ތައުރީފް ކުރައްވައިފިއެވެ.

މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރީންނާ ރައްޓެހިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް މަޖިލިސް ތެރެއިން ކުރަމުންދާ މަސައްކަތްކަށް ދީނީ އިލްމުވެރިންގެ ބޮޑެތި ފާޑުކިޔުން އަމާޒު ކުރަމުންދާއިރު، މަޖިލިސް ރައީސް ވިދާޅުވެފައިވަނީ ލަވަޔާއި މިއުޒިކު ނައްތާލަން ކުރާ މަސައްކަތަކީ މުޖުތަމައުގެ އެންމެ ރީތި އަދާތައް ނައްތާލުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

ލަވަޔާއި މިޔުޒިކާއި ގުޅޭގޮތުން ފާޑުކިޔުމާއިއެކު ގިނަ ޚިޔާލުތައް ފާޅު ކުރަމުންދާ ވަގުތެއްގައި ރޮޒޭނާ އޭނާގެ ފިރިކަލުންނަށް ޚާއްސަކޮށް ކިޔާފައިވާ ލަވަޔަށް ތައުރީފް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ލަވަޔާއި މިއުޒިކަކީ ކިހާ ބޭނުންތެރި އަދި މުހިންމު އެއްޗެއްކަން މިލަވައިންވެސް ހާމަވާ ކަމަށެވެ. އަދި ކިތަންމެ ދުވަހެއް ވިޔަސް ކިތަންމެ ފަހަރަކުވެސް ލޯތްބާއި ހިތުގެ އިޝްޤީ އިހުސާސްތައް ހުށަހަޅަން އެންމެ ވަރުގަދަ ހަތިޔާރަކީ ލަވަ ކަމުގައި މަޖިލިސް ރައީސް ވިދާޅުވިއެވެ.

ކިތަންމެ ދުވަހެއް ވިޔަސް އަދި ކިތަންމެ ފަހަރަކު ވިޔަސް ދިވެހިން ލޯތްބާއި ހިތުގެ އިހުސާސްތައް ހުށަހަޅާ އެންމެ އިޝްޤީ އެއް ގޮތަކީ ހަމަ މިއުޒިކާއި ލަވައިން.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ރޮޒައިނާއާއި ނާޝިޒްގެ ކައިވެނީގެ އަހަރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ރޮޒައިނާ ވަނީ ނާޝިޒް ދެކެ ވާ ލޯބި ބަޔާންކުރަންވެސް ނޭނގޭކަމަށާއި، ލޯތްބަށް ބަދަލެއް ނާންނަކަމަށް ވިދާޅުވެފައެވެ. އަދި ނާޝިޒް އަކީ ފިރިމީހާގެ އިތުރުން އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާކަމަށްވެސް ވިދާޅުވެ ރޮޒައިނާ ވަނީ އޭނަގެ އަމިއްލަފުޅު ޅެމެއްގައި ވިދާލުވެފައިވާ ލަވައެއްވެސް ހިއްސާކުރައްވާފައެވެ.

ރޮޒައިނާގެ ޅެމުގައި ވަނީ، ނާޝިޒްއާއެކުގައި 16 އަހަރުން ފެށިގެން އުޅެމުން އަންނަކަން ފާހަގަކުރައްވާ، އަދިވެސް ގާތުގައި ހުރުމަށް އެދޭކަމަށް ވިދާޅުވެފައެވެ. އަދި ދެމަފިރިން އެކުގައި ހާސިލްކުރަން ބޭނުންވި ކާމިޔާބީ ހާސިލްވެފައިވާކަމަށާއި، އެކަމާއި އުފާކުރައްވާކަމަށްވެސް ވިދާޅުވެފައިވެއެވެ. ރޮޒައިނާއާއި ނާޝިޒްގެ ދެމަފިިންގެ ދެ ކުދިން ތިބެއެވެ. އެއީ ފިރިހެން ދަރިކަލަކާއި، އަންހެން ދަރިކަނބަލެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައިސް
އެއްވެސްރީއްޗެއް ނޫން....މި މީ ހުން މި މީހުންގެ ޝޭޚުން ނަށް ގޮން ޖަހަނީ....