މާލެ ސަރަހައްދުގައި 6 ދަށުގެ ކުދިންނަށް ސްކޫލުތައް ބަންދުކޮށްފި

މާލެ ސަރަހައްދުގައި 6 ދަށުގެ ކުދިންނަށް ސްކޫލުތައް ބަންދުކޮށްފި

Author
މުޙައްމަދު ޝަޒައިމް
12 ފެބްރުއަރީ 2021 11:56
0

ކޯވިޑް-19ގެ ނުރައްކާ މާލޭގައި ބޮޑުވެ ބަލި ފެތުރުން އިތުރުވަމުން އަންނާތީ ކުރިއަށް އޮތް2 ހަފްތާގައި ސްކޫލުތަކުގައި ކިޔަވައި ދިނުން މެދު ކަނޑާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، މާލެ ސަރަހައްދުގައި ކޯވިޑް ކޭސްތައް އިތުރުވަމުންދާތީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދުގެ މަތިން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކުރިއަށް އޮތް ދެ ހަފްތާއަށް މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1-6 އަށް ކިޔެވުން ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ އޮންލައިންކޮށް ކަމަށެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މެދުކަނޑާލުމަށްފަހު މިދިޔަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހު ވަނީ ސްކޫލްތައް ހުޅުވާ އަލުން ކިޔަވައިދޭން ފަށާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.