އިދިކޮޅު ކޯލިޝަނަށް ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު ދެއްވައިފި

އިދިކޮޅު ކޯލިޝަނަށް ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު ދެއްވައިފި

Author
މުޙައްމަދު ޝަޒައިމް
12 ފެބްރުއަރީ 2021 10:29
0

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެޗްޕީއޭގެ ގައިޑްލަނާއިނާ ޚިލަފަށް މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާއާއި ގުޅިގެން އެޕާޓީއާއިމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިލެކްޝަން ކޮމިޝަނުން ދީފިއެވެ.

ހިޔާ މަޝްރޫޢުގެ ތެރެއިން ކުރިން ފްލެޓް ލިބި، ފަހުން ނެރުނު ލިސްޓްގައި ނަން ނުހިމެނުނު މީހުންގެ ހައްގުގައި “މަގޭ ފްލެޓް ކޮބާ”ގެ ނަމުގައި ކުރިއަށްދިޔަ މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. މުޒާހަރަގެ ބައިވެރިން މާލޭގެ ބޮޑެތި މަގުތަކުގައި ހިނގައި އަޑު އުފުލާފައެވެ.

މުޒާހަރާއާއި ގުޅިގެން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުންވެސް ކޯވިޑްގެ މިހާލަތުގައި އެޗްޕީއޭއިން ޢާންމުކޮށްފައިވާ ގައިޑްލައިނަށް ތަބާވާން ޖެހޭކަމަށެވެ. މިއަދުގެ މުޒާހަރާގެ ވޯޑިއޯއެއް ހިއްސާކޮށް ޝަރީފް ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މިއަދު ކުރި މުޒާހާރާއާއި ގުޅިގެން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ.

ސިޔާސީ ޕާޓީތަކުންވެސް އެޗްޕީއޭއިން އިއުލާންކޮށްފައިވާ ރައްކާތެރިކަކަމުގެ ފިޔަވަޅުތަކަށް އަމަލު ކުރަން ޖެހޭނެ، މި ކްލިޕް އިން މި ފެންނަ މަންޒަރުތަކަށް މިކަން އިންތިޒާމް ކުރި ޕާޓީއަކުން ޖަވާބުދާރީ ވާންޖެހޭނެ.

– ޝަރީފް ވިދާޅުވިއެވެ.

މިިއަދު ކުރިއަށްދިޔަ މުޒާހަރާ ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރި ފުލުހުންގެ ތެރެއިން ބައެއް ފުލުހުންނަށް އެކިވަރުގެ އަނިޔާވެ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ބާރުގެ ބޭނުންކޮށް ފުލުހުން މުޒާހަރާ ކޮންޓްރޯކުރުމަށް ކުރި މަސައްކަތުން މުޒާހަރާގެ ބައިވެރިންގެ ތެރެއިންވެސް ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތައްވެފައިވެއެވެ.

މުޒާހަރާ މިއަދަށް ނިންމާލަމުން އިދިކޮޅު ކޯލިޝަނުންވަނީ އަންނަ ހުކުރު ދުވަހުވެސް މިފަދަ ބޮޑު އެއްވުމެއް މާލޭގައި ކުރިއަށް ގެންދާނެކަމަށް ބުނެފައެވެ. އަދި މި މުޒާހަރާތައް ހުއްޓާލާނީ ސަރުކާރުން ކުރާ އަނިވެރި އަމަލުތަކާއި، ދެމުންދާ ލާއިންސާނީ އަނިޔާތައް ހުއްޓާލައި ރައީސް ޔާމީން މިނިވަން ވުމުންކަމަށް އެކޯލިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.