ބަދަލުގައި މީހުން ބޭތިއްބޭފަދަ އިންތިޒާމު ހަމަޖައްސާނަމަ ރައީސް ޔާމީން މިހާރުން މިހާރަށް ގެޔައަށް ބަދަލުކޮށް، ރައީސް ޔާމީންގެ ބަދަލުގައި އަބްދުއްރަހީމް ޖަލަށް ލައި ދެއްވުމަށް އޭނާ އެދިވަޑައިގެންފިއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ގިނަ ބަޔަކާއިއެކު ކުރިއަށް ގެންދިޔަ މުޒާހަރާ ނިންމާލުމަށްފަހު ބައިވެރިންނައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޖިންސީ ބޮޑެތި ތުހުމަތުތަކެއްގައި ޝަރީއަތް ހިނގަމުންދަނިކޮށް ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުވާލާފައިވަނީ ސަރުކާރުން އަޑީގައި އޮވެގެން ކަމަށެވެ.
މިސަރުކާރަކީ ފެށުނީއްސުރެ ރޭޕާއި އަންހެނުންނަށްކުރާ އަނިޔާތަކަށް އިންސާފު ނުހޯދި އެކަންކަމަށް ހިތްވަރުދޭ ސަރުކާރެއްކަން ހާމަވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ ޖަލަށް ލާފައިވާ މީހުންނާއި، ޝަރީއަތް ކުރިއަށްދާ މީހުންގެ މައްސަލަތަކުގައި މީހުން ޖާމިނު ކޮށްފައި ފުރައިގެން ދެވޭނަމަ ރައީސް ޔާމީން ޖަލުން ގެޔަށް ބަދަލުކޮށް އޭނާ ޖަލަށް ގެންދިއުމަށް ވަނީ އެދިފައެވެ.
ބަދަލުގައި މީހުން ބޭތިއްބޭނަމަ ރައީސް ޔާމީން ގެޔަށް ގެނެސް، އަޅުގަނޑު އުމުރަށް ޖަލުގައި ބާއްވާ.
– އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސްޔަމީން ޖަލުން މިނިވަން ކުރުމަށް މިއަދު ޖެހިފައިވަނީ ރައްޔިތުންނަށް އިންސާފުވެރި ގޮތްތަކެއް ފަހި ކުރުމަށްކަމަށެވެ. ރައީސް ޔާމީން ދިވެހި ރައްޔިތުންނަށް އަޅައިދެއްވި ފްލެޓްތައް ނުހައްގުން ފޭރިގަނެ، އަތަކެއް ހައްގުތަކުން ދިވެހި ރައްޔިތުން މަހުރޫމް ކޮށްފައިވާކަމީ ނުހަނު ކަންބޮޑުވާކަމެއްކަމަށާއި، މިކަންކަމަށް އިންސާފެއް ލިބޭނީ ރައީސް ޔާމީން މިނިވަން ވެގެންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ޤާނޫނީ އިމުގެ ތެރެއިން މިސަރުކާރު ވައްޓާލާފައިކަމަށެވެ. އަދި އެމަސައްކަތް ދާދި އަވަހަށް ކާމިޔަބު ވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ