Ad
ލޯކަލް ޓޫރިޒަމްގެ ފަށާ ރަށްތަކުގައި މިމަހުގެ 15 އިން ފެށިގެން މާސްކް އަޅަންޖެހޭނެ

ލޯކަލް ޓޫރިޒަމްގެ ފަށާ ރަށްތަކުގައި މިމަހުގެ 15 އިން ފެށިގެން މާސްކް އަޅަންޖެހޭނެ

Author
މުޙައްމަދު ޝަޒައިމް
14 އޮކްޓޯބަރ 2020 10:04
0

ލޯކަލް ޓޫރިޒަމްގެ ޚިދުމަތް ދޭ ރަށްރަށުގައި މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން، ގެއިން ބޭރުގައްޔާއި އާންމު ތަންތަނުގައި އުޅޭއިރު އަނގައާއި ނޭފަތާއި ދަތްދޮޅި ނިވާ ކުރެވޭގޮތަށް މާސްކް އެޅުމަށް އެޗްޕީއޭއިން އަންގައިފި އެވެ.

އެޗްޕީއޭއިން ވިދާޅުވީ ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް، 12 މާރިޗު 2020 ގައި، މިނިސްޓަރ އޮފް ހެލްތް އިޢުލާނު ކޮށްފައި ވީ ހިނދު މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަކިގޮތެއް އަންގަންދެން، ލޯކަލް ޓޫރިޒަމްގެ ޚިދުމަތް ދޭ ރަށްރަށުގައި މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން، މާސްކު އެޅުމަށް އަންގާކަމަށެވެ.

ލޯކަލް ޓޫރިޒަމްގެ ޚިދުމަތް ދޭ ރަށްރަށުގައި ގެއިން ބޭރުގައްޔާއި އާންމު ތަންތަނުގައި އުޅޭއިރު އަނގައާއި ނޭފަތާއި ދަތްދޮޅި ނިވައިވާ ގޮތަށް މާސްކު އެޅަންޖެހޭ ހާލަތްތަކުގައި ގެއިން ބޭރުގައި އުޅޭއިރު މާސްކް އެޅުމުން އިސްތިސްނާވާނެ ފަރާތްތައް:
– އުމުރުން 2 (ދޭއް) އަހަރުން ދަށުގެ ކުޑަކުދިން.
– ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތުކުރާ ވަގުތު،
– އެހެން މީހެއްގެ އެހީއާ ނުލައި މާސްކު އަޅައި، މާސްކު ނުނެގޭ މީހުން.
– ހޮޓާ ކެފޭ، ރެސްޓޯރަންޓް ފަދަ، ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ހޯދާ ފަރާތްތައް، ޚިދުމަތް ހޯދާ މަތީގައި ބަޔާންކޮށްފައިވާ އިސްތިސްނާ ހާލަތްތަކުގެ އިތުރުން، އަހުރެން ކަނޑައަޅާ ޚާއްޞަ ހާލަތްތަކުގައި، އަހުރެން އަންގާ ގޮތެއްގެ މަތިން ޢަމަލުކުރެވޭނެއެވެ.

މިފިޔަވަޅު ތަންފީޛުކޮށް، އެ ފިޔަވަޅު ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އެޗްޕީއޭއިން ވަނީ އަންގާފަ އެވެ. އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް ވަނީ އަންގާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.