އިލެކްޝަނަށް ޑރ.ޒާހިރު އައްޔަން ކުރުމަށް ކޮމިޓީން ރުހުންދީފި

އިލެކްޝަނަށް ޑރ.ޒާހިރު އައްޔަން ކުރުމަށް ކޮމިޓީން ރުހުންދީފި

Author
މުޙައްމަދު ޝަޒައިމް
11 ފެބްރުއަރީ 2021 11:46
0

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ޑރ. މުހައްމަދު ޒާހިރަށް ރުހުން ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީން ފާސްކޮށްފިއެވެ.

ކޮމިޓީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ޑރ.ޒާހިރަށް ރުހުން ދެއްވާފައިވަނީ ކޮމިޓީއަށް ވަޑައިގެންނެވި މެމްބަރުންގެ އައުލަބިއްޔަތުންނެވެ. ޒާހިރަށް ރުހުން ދިނުމުގެ ކުރިން އޭނާއާއި ވަނީ އިންޓަރވިއުކޮށް، މެމްބަރުން ބޭނުންވާ މައުލޫމާތުވެސް އޮޅުންފިލުވާފައެވެ. އިލެކްޝަންސް ކޮމިޝަނުން މަގާމެއް ހުސްވީ، އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަކްރަމް ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ޑރ. މުޙައްމަދު ޒާހިރުވަނީ މީގެ ކުރިންވެސް އެ ކޮމިޝަންގައި މަސައްކަތްކުރައްވާފައެވެ. ޑރ.ޒާހިރު ވަނީ ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.