މާދަމާރޭ ދަންވަރު ހުޅުމާލެއިން ފެން ކަނޑާލަނީ

މާދަމާރޭ ދަންވަރު ހުޅުމާލެއިން ފެން ކަނޑާލަނީ

Author
މުޙައްމަދު ޝަޒައިމް
10 ފެބްރުއަރީ 2021 02:15
0

ވޯޓަރ ޑިސްޓްރިބިއުޝަން ސިސްޓަމްގެ އަޕްގްރޭޑް ކުރުމަށްޓަކައި މާދަމާރޭ ދަންވަރު ގުޅުމާލެއިން ފެން ކަނޑާލާނެކަމަށް އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.

އެކުން ފުނިން ބުނެފައިވަނީ ހުޅުމާލެއިން މިރޭ 11:00އިން މެންދަމު 3:00އަށް ފެނުގެ ޚިދުމަތް މެދު ކަނޑާލާނެކަމަށެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 އިން ފެން ކަނޑާލަން ނިންމާފައިވަނީ ވޯޓަރ ޑިސްޓްރިބިއުޝަން ސިސްޓަމްގެ އަޕްގްރޭޑިންގ މަސައްކަތެއްކުރުމަށްކަމަށެވެ. ފެނުގެ ޚިދުމަތް ކަނޑާލައި ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް އެމްޑަބްލިއުއެސްސީން މަޢާފަށް އެދޭކަމަށް ބުނެފައިވެއެވެ.

ހުޅުމާލޭގެ ފޭސް ދޭއްގައި މީހުން އާބާދުގެ ދިރިއުޅެން ފަށަފައިވާއިރު، ފޭސްދޭއް އަދި ފޭސް އެކެއްގައި ދެމުންދާ ފެނާއި ކަރަންޓުގެ ހިދުމަތް އެއްވިއުގަޔަކުން ގުޅާލައި ހިދުމަތް ރަނގަޅުކުރުމަށް ކަމާއި ގުޅުންހުރި އިދާރާތަކުން ދަނީ ގިނަ މަަސއްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.