ޔުވެންޓަސް އިޓާލިއަން ކަޕް ފައިނަލަށް

ޔުވެންޓަސް އިޓާލިއަން ކަޕް ފައިނަލަށް

Author
މުޙައްމަދު ޝަޒައިމް
10 ފެބްރުއަރީ 2021 12:20
0

އިޓާލިއަން ކަޕް ފައިނަލުން ޔުވެންޓަސް ޖާގަ ހޯދައިފިއެވެ.

ޔުވެންޓަސް ފައިނަލުން ޖާގަ ހޯދީ ރޭ މުބާރާތުގެ ސެމީ ފައިނަލުގައި ވާދަވެރި އިންޓާރ މިލާނާއި ދެކޮޅަށް ކުޅުނު މެޗު ލަޑެއް ނުޖެހި އެއްވަރުކޮށް އެގްރުގޭޓް ނަތީޖާއިންނެވެ. މިދިޔަ ހަފްތާގައި އިންޓަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ޔުވެންޓަސް މޮޅުވީ 2-1 އިންނެވެ.

ޔުވެންޓަސް އިން ލަނޑު ޖަހަން ރޭ އެންމެ ރަނގަޅު ހަަމަލާތަކެއް ފޮނުވާލީ އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ ޖެހި ދެ ޝޮޓް ވެސް ހުއްޓުވީ އިންޓަގެ ކީޕަރު ސާމިރު ހަންޑަނޯވިޗް އެވެ.

އަންނަ މެއި މަހު ކުޅޭ އިޓާލިއަން ކަޕް ފައިނަލުގައި ޔުވެންޓަސް ނުކުންނާނީ މިރޭ ދެ ވަނަ ސެމީގައި އެޓަލަންޓާ އާއި ނަޕޯލީ ކުޅެގެން މޮޅުވާ ޓިމަކާ ދެކޮޅަށެވެ. ފުރަތަމަ ލެގު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.