ރައީސް ޔާމީނަށް ހުކުމް ކުރި ފަނޑިޔާރު އަލީ ރަޝީދުގެ އާއިލާއަށްވެސް ފްލެޓް

ރައީސް ޔާމީނަށް ހުކުމް ކުރި ފަނޑިޔާރު އަލީ ރަޝީދުގެ އާއިލާއަށްވެސް ފްލެޓް

Author
މުޙައްމަދު ޝަޒައިމް
10 ފެބްރުއަރީ 2021 11:33
0

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމް އިއްވެވި ފަނޑިޔާރު، އަލީ ރަޝީދުގެ އާއިލާގެ ހުރިހާ މެމްބަރުންނަށް ހިޔާ ފްލެޓު ލިބިފައިވާކަން ލިސްޓުން ހާމަވެއްޖެއެވެ.

ފްލެޓު ލިބުނު މީހުންގެ ލިސްޓު އާންމު ކުރިއިރު، ގއ. ވިލިނގިއްޔަށް އުފަން ގާޒީ އަލީ ރަޝީދުގެ އާއިލާގައި ހިމެނިވަަޑައިގަންނަވާ ދެ މެމްބަރުން ވެސް ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ. އެއީ ފިޔާޒް ހުސައިން އާއި މަރިޔަމް ރަޝީދާއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީއެއްގެ ގޮތުގައި ކުރިން ހުންނެވި އަލީ ރަޝީދުވަނީ ރައީސް ޔާމީނަށް ހުކުމް ކުރެއްވި ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރައްވާފައެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރައްވާ ގޮތުގައި މިއީ އަލީ ރަޝީދު ރައީސް ޔާމީނަށް ހުކުމް ކުރުމަށް ދެއްވާފައިވާ ހަދިޔާއެކެވެ. ކުރިން ސިވިލް ކޯޓްގެ އިސް ގާޒީކަން ވެސް ކުރެއްވި އަލީ ރަޝީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރެއްވި ގާޒީ އެވެ. އަދި އަލީ ރަޝީދަކީ ފެހި ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށި ފަހުން ފުރަތަމަ މަރުގެ ހުކުމެއް އިއްވެވި ގާޒީއެވެ.

ހިޔާ ފްލެޓްގެ ދާއިމީ ލިސްޓާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ފްލެޓް ދީފައިވަނީ ވަކި ބަޔަކަށް ޕޮޒިޓް ހަމަކޮށް، ވަކި ނިޔަތެއްގައިކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.