ދިރިއުޅުން ބާއްޖަވެރިވަނީ ޤުރުއާނާއި ސުންނަތަށް އަމަލުކޮށްގެން ކަމަށާއި، އެނޫން ގޮތަކަށް ދިރިއުޅުން ބާއްޖަވެރިނުވާނެ ކަމަށް ޑރ.އިޔާޒް ވިދާޅުވެއްޖެއެވެ.
މިޔުޒިކަކީ ދިވެހިންގެ އާންމު ދިރިއުޅުމާއި ޒަމާނުއްސުރެ ގުޅިފައިވާ ކަމަކަމަށްވާއިރު އެކަން ހަރާމް ކުރުމަށް ކުރެވޭ މަސައްކަތަކީ ދިވެހިނ ނިކަމެތި ކޮށްލުމަށް ހިންގޭ ކަމެއްކަމަށާއި، އަދި އެއީ ދިވެހިންގެ އެއްބައިވަންކަން ރޫޅާލައި ދިވެހިންގެ މުޖުތަމައުގެ އިޖުތިމާއީ ފޭރާން ބަލިކަށި ކޮށްލުމަށް ހިންގޭ ކަމެއްކަމުގައި ރައީސް ނަޝީދު ވަނީ ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ މިވާހަތަކާއި ގުޅިގެން ޑރ.އިޔާޒު ވިދާޅުވީ އާންމު ދިރިއުޅުމާއި ގުޅިފައިވީނަމަވެސް ﷲ އާއި ރަސޫލާ ރުހި ވޮޑިގެން ނުވާކަމެއް ނުކުރެވޭނެ ކަމަށެވެ. ދިރިއުޅުން ބާއްޖަވެރިވާނީ ކިހިނެތްކަން ކީރިތު ޤުރުއާނުން އެގެން އޮތްއިރު އެއާއި ދެކޮޅަށް އަމަލުތައް ބަހައްޓުމަކީ އެކަމުން މަންފާއެއް ލިބޭނެ ކަމެއްނޫންކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.
އާންމު ދިރިއުޅުމާއި ގުޅިފައިވީނަމަވެސް ﷲ އާއި ރަސޫލާ ރުހި ވޮޑިގެން ނުވާކަމެއް ނުކުރެވޭނެ. ދިރިއުޅުން އުފާވެރިވެފައި ބާއްޖަވެރިވަނީ ޤުރުއާނާއި ސުންނަތަށް އަމަލުކޮށްގެން. ބަޔަކު މީހުންގެ ހަވާ ނަފްސަށް ހެއްލެން ވެއްޖެ ނަމަ ވާނީ އަބާއްޖަވެރި. އެބޭފުޅަކަށް އުފަލެއް ނުލިބޭނެ.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ހުށަހަޅާފައިވާ ޤަރާރާއި ގުޅިގެން ގިނަ އިލްމުވެރިން އެބޭފުޅުންގެ ޝުއޫރު ފާޅު ކުރައްވައި މިކަމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.
ކޮމެންޓު ފޮނުވާ