އުނގޫފާރު މަގުތައް އެންމެ ޒަމާނީ ފެންވަރަށް، މަސައްކަތުގެ ބޮޑުބައި ނިމިއްޖެ

އުނގޫފާރު މަގުތައް އެންމެ ޒަމާނީ ފެންވަރަށް، މަސައްކަތުގެ ބޮޑުބައި ނިމިއްޖެ

Author
މުޙައްމަދު ޝަޒައިމް
10 ފެބްރުއަރީ 2021 11:01
0

ރ.އަުނގޫފާރު މަގު ހެދުމުގެ މަސައްކަތުގެ 60 އިންސައްތަ ނިމިފައިވާކަމަށް މިމަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ މި މަޝްރޫޢުގެ ދަށުން، ސަބްގްރޭޑް މަސައްކަތުގެ %46 އާއި ޕްލާންޓް ބެހެއްޓުމުގެ މަސައްކަތުގެ %45 މިހާރު ނިމިފައިވާކަމަށެވެ.

އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުއަށް ދާދި ފަހުން ވަނީ އިތުރު 4 މަގެއް ތަރައްޤީކުރުންވެސް ހިމަނާފައެވެ. އެހެންކަމުން އެ 4 މަގާއެކު 16،488 އަކަމީޓަރުގެ ސަރަހައްދެގައި، ޖުމްލަ 19 މަގެއްގައި ތާރުއަޅަ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރ.އަތޮޅުގެ ވެރިކަންކުރާ އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެރަށުގައި ފެންހިންދުމުގެ ނިޒާމާއި، މަގުބައްތިއާއި، ދުވެލިމަތަ ހެދުމުގެ އިތުރުން ޓްރެފިކް ނިޝާންތައް ހަރުކުރުން ހިމެނެއެވެ. އެރަށު މަގުހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.