ޓުވަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް އެޖެންޑާ ކޮށްފިއެވެ.
މިނިސްޓަރ މައުސޫމް މަޖިލީހަށް ހަޒިރުކުރަނީ ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން، މިނިސްޓަރ މަޢުޞޫމްއާއި ކުރައްވާ ސުވާލަކަށް ޖަވަބު ހޯދުމަށެވެ.
ޝިޔާން ކުރައްވާ ސުވާލަކީ 10 ނޮވެންބަރު 2020 ގައި ހައިކޯޓުން ނިންމި ޤަޟިއްޔާގައި ކ.މަހާނައެޅިހުރާގެ ސަބްލީސް ރައިޓްސް މިނިސްޓްރީ އޮފް ޓޫރިޒަމްގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި، ރިހިވެލި ބީޗް ރިޒޯޓުގެ ސަބްލީސް ރައިޓްސް ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އަތުގައި ނެތްކަން އެނގޭތީ، ސިވިލް ކޯޓުން ވިއްކާ ލުމަށް ޙުކުމްކޮށްފައިވަނީ ވުޖޫދުގައި އެވަގުތު ނެތް ޙައްޤެއްކަމުގައި ބަޔާންކޮށްފައިވާއިރު، ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިއޮތް ޙައްޤެއް ވުޖޫދުގައި ނެތިގެން ދިޔައިރު، އެގޮތަށް ނެތިގެން ދިޔައީ ޓޫރިޒަމް މިނިސްޓްރީއަށް އެނގިހުރެތޯ؟ ބެލުމަށެވެ.
މާދަމާގެ ޖަލްސާގައި މި ސުވާލުގެ އިތުރުން މިނިސްޓަރ އާއި ސުވާލު ކޮށްލުމަށް އިތުރުު 20 މިނިޓްގެ ފުރުސަތެއް އެހެން މެމްބަރުންނަށްވެސް ލިބިގެންދާނެއެވެ. މިއީ މިނިސްޓަރ މައުސޫމް ވަޒީރު ކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން މަޖިލީހުގެ ތަޅުމަށް ހާޒިރު ކުރާ ފުރަތަމަ ފަހަރެވެ.
ކޮމެންޓު ފޮނުވާ