އުދައްޔުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި

އުދައްޔުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
09 ފެބްރުއަރީ 2021 07:16
0

ގްރޫޕް މާރާމާރީއެއް ހިންގައި ރޭ މަރާލި އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިިފި އެވެ.

ފުލުހުން ވިދާޅުވީ އުދައްޔުގެ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަށް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ.

ގއ. މާމެންދޫގައި ރޭ 11:00 ޖެހި އިރު ޒަހަމް ކޮށްލައި އަނިޔާވެރި ގޮތަކަށް މަރާލީ އަހުމަދު އުދައްޔުގެ މަރުގެ ތުހުމަތަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ރޭ މާރާމާރީގައި މަރުވި ކުޑަކުއްޖާގެ ބުރަކަށީގެ އެކި ތަންތަނަށް ވަޅިން ހަމަލާދީފައިވާކަމަށާއި 4-5 އިންޗި ފުނަށް ވަޅި ހަރާ ޒަހަމްކޮށްލާފައިވާ ނިޝާންތައްވެސް ހުރިކަމަށް ގއ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ. 17 އަހަރުގެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށާއި ވަޅި ހަރާފައިވަނީ ވަރަށް ފުނަށް ކަމުން ހަށިގަނޑުގެ މައި ގުނަވަންތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަންވެސް ޑޮކްޓަރުން ހަވާލާދީ ގއ އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ރޭ ހިނގި މާރާމާރީއާއި ގުޅިގެން މިހާތަނަށް 3 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ޒުވާނަކާއި 23 އަހަރުގެ ޒުވާނަކާއި 18 އަހަރުގެ ކުއްޖެއްކަމަށެވެ. މި އެންމެންވެސް ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއް ދަށުންކަމަށް ފުލުހުން ވިދާޅުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީއަކީ ދެ ގްރޫޕެއްގެ މެދުގައި ހިނގި މާރާމާރީއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.