ތ.ގުރައިދޫއަށް ލަފާ ފުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ގެނައުމަށް ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ބާރަށް ކުރިއަށް ދާމުގައި އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި ގުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިހާރުވެސް ހުއްޓުމެއްނެތި ކުރިއަށްދާއިރު މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ %63 ނިމިފައިވާކަމަށެވެ. އަދި މުޅި މަޝްރޫޢުގެ މަސައްކަތުގެ %25 މަސައްކަތް ނިމިފައިވާކަމަށެވެ.
ތ. ގުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %25 ވަނީ ނިމިފައި. މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ %63 ވަނީ ނިމިފައި. #MTCCProjects pic.twitter.com/M5LcfbFuAf
— MTCC Plc (@MTCCPlc) February 9, 2021
މިމަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގައެވެ. ގުރައިދޫ ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 475 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 46,015,831.72 ރުފިޔާ އަށެވެ.
ގުރައިދޫގެ ބަނދަރުގެ މަސައްކަތުގެ ތެރެއިން މިއެއްބަސްވުމުގެ ދަށުން އެމްޓީސީސީން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ބޮޑު ހިލައިގެ ބޭރު ތޮށްޓެއް ލުން، ބޮޑު ހިލަ ބޭނުންކޮށްގެން ނެރުފައިކަށި ޖެހުން. 370 މީޓަރުގެ އެއްގަމު ތޮށި ހެދުން. އެއްގަމު ތޮށިން ބޭރު ތޮށްޓަށް އެރުމަށް ވޯކްވޭއެއް ހެދުން. ބަނދަރުގެ އެއްގަމު ތޮށީގައި ޑްރެއިނޭޖް ލުން. 18 ބަނދަރު ބައްތި ހަރުކުރުން. ދެ ނެރުބައްތި ހަރުކުރުން. ބަނދަރުގެ އެއްގަމު ތޮށީގައި ފަސް މީޓަރު ފުޅާ މިނުގައި ޕޭވްމަންޓު ހެދުން އަދި ބަނދަރު އަދި ނެރު ފުންކުރުން ހިމެނެއެވެ.
ކޮމެންޓު ފޮނުވާ