ވިހެއެމަށްފަހު ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ޖީޖީ ކުރަނީ މި ކަންކަން

ވިހެއެމަށްފަހު ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ޖީޖީ ކުރަނީ މި ކަންކަން

Author
ފާތިމަތު ނާވީ
09 ފެބްރުއަރީ 2021 08:52
0

ޖީޖީ ހަދީދް ވިހެއެމަށްފަހު، ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ބޭނުންކުރި "ރޫޓީން" ބެލުންތެރިންނާވަނީ ހިއްސާކޮށްފަ އެވެ. އަދި މިއާ ބެހޭގޮތުން ވީޑިއޯވެއްވެސް ވަނީ ހިއްސާކޮށްފަ އެވެ.

ދަތްއުނގުޅާ ބޭހުން ފެށިގެން މޭކަޕް ކުރުމުގެ ކުރިން ލިޕް ބާމް ބޭނުންކުރުން ފަދަ "ޓިޕްސް"ތައް އޭނާ ވަނީ ބެލުންތެރިންނާ ހިއްސާކޮށްފަ އެވެ.

ހަންގަނޑު އޮމާންކޮށް ރީތިކޮށް ބެހެއްޓުމަކީ މިހާރު އެންމެންވެސް ބޭނުންވާ ކަމެކެވެ. އެގޮތުން ފިލްމީ ތަރިން އަދި މިނޫނަސް އެހެނިހެން މަޝްހޫރު މީހުން، ހަންގަނޑު އޮމާންކޮށް ބަހައްޓާގޮތް ހޯދައި އެގޮތައް މަސައްކަތް ކުރުމަކީ އެންމެންގެވެސް އާދައެކެވެ.

ޖީޖީގެ މި ވީޑިއޯއާއި އެކުގައި ގިނަ ބެލުންތެރިންގެ ސަމާލުކަންވަނީ އޭނާއަށް ލިބިފައެވެ. މި ވީޑިއޯއަކީ ވޯގްގެ އިންޓަވިއުއެއްގެ ތެރެއިން ނަގާފައިވާ ވޯޑިއޯ އެކެވެ.

މި ވީޑިއޯ ފަށާފައިވަނީ ބަނޑުބޮޑު ދުވަސްވަރުގެ ރޫޓީނުންނެވެ. އެގޮތުން ވީހާވެސް ގިނައިން ގުދުރަތީ ވަސީލަތްތައް ބޭނުންކުރާވާހަކަ އޭނާ ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ހޫނު މޫސުމުގައި ޖީޖީ ބޭނުން ކުރަނީ އޮލިވް ޓްރީއިން އުފައްދާފައިވާ އުފެއްދުންތަކެވެ. އަދި ފިނި މޫސުމުގައި ބޭނުންކުރަނީ ތަންކޮޅެއް އޮލަކޮށް ހުންނަ އުފެއްދުންތަކެވެ. މިއީ ފިނި މޫސުމުގައި ހަންގަނޑު މާބޮޑަށް ހިކިފައި ހުންނާތީކަމަށް އޭނާވަނީ ބުނެފައެވެ.

މި ވީޑިއޯއިން ފެނިގެންދާ ގޮތުގައި ޖީޖީ އެންމެ ފުރަތަމަ މޫނުދޮވެލުމަށްފަހު މޮއިސްޓްރައިޒާ އަދި ސިރަމް ބޭނުންކުރެއެވެ. ޖީޖީ ބުނެފައިވާ ގޮތުގައި އަގުބޮޑެތި ސްކިން ކެއާގެ އުފެއްދުންތަކަށް އޭނާ އެހާ ގަޔާނުވެއެވެ. އަދި އަމިއްލައަށް މޫނުގެ ފޭޝިއަލް ހަދަން ދަސްވުމުން ސެލޫނަށްގޮސް ފޭޝިއަލްވެސް ހަދާފައިނުވާނެކަމަށް ޖީޖީ ވަނީ ބުނެފައެވެ.

މީގެ އިތުރުން ޖީޖީ ބުނެފައިވާ ގޮތުގައި ރޭގަނޑު ނިދުމުގެ ކުރިން މޫނުގައި ދަތްއުނގުޅާ ބޭސް ހޭކުމުން ހެދުނަށް ހިކިފައި ހުރެއެވެ. އަދި މޭކަޕް ކުރުމުގެ ކުރިން ލިޕް ބާމް ހެކުމުން ލިޕްސްޓިކް ޖައްސަންވާއިރަށް ތުންފަތުގެ ތެތްކަން ހުރެއެވެ.

މޭކަޕް ކުރަން ފެށުމުގެ ކުރިން ޖީޖީ އެންމެ ފުރަތަމަ ބޭނުން ކުރަނީ ޕްރައިމާ، ހައިލައިޓާ އަދި ފައުންޑޭޝަންއެވެ. އަދި މި ހުރިހާ އެއްޗެއް އެއްކޮށްލުމަށްފަހު އިނގިލި ބޭނުން ކޮށްގެން މުޅި މޫނުގައި ހާކައެވެ. އެއަށް ފަހު ކޮންސީލާ ހޭކުމަށް ފަހު އިރުކޮޅަކަށް މަޑުކުރެއެވެ. މި މަޑުކުރާ ވަގުތުގައި ބުމަ ހަދާ ރީތިކޮށްލައެވެ. ދެން އެއަށްފަހު އަނެއްކާވެސް ކޮންސީލާ ބްލެންޑުކޮށްލައެވެ. އެއަށްފަހު ޕްރެސް ޕައުޑާރ ޖަހާފައި އިތުރަށް ކޮންޓުއާ ކުރަނީއެވެ. އެންމެ ފަހު ކަމެއްގެ ގޮތުގައި ޖީޖީ އޭނާގެ ލޮލުގެ މޭކަޕް ކޮށްފައި ލިޕްސްޓިކް ޖައްސާލަނީއެވެ.

ޖީޖީ އަދި ލަަކިއުންތެރިޔާ ޒޭން މާލިކް އަށް ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަންހެން ކުއްޖަކު ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.