މާމެންދޫގައި ހިންގި ގްރޫޕް މާރާ މާރީއެއްގައި ޒަހަމްވި ކުއްޖަކު ނިޔާވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި ގއ. މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގެ މައުލޫމާތު ލިބިގެން މިރޭ 10:10 ހާއިރު ފުލުހުން އެކަން ބެލުމުގައި ހަރަކާތްތެރިވެފައިވާކަމަށެވެ. މިމ މަރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ދެ މީހަކަށް ގއ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމު ދިޔަކަމަށް ފުލުހުން ވިދާޅުވިއެވެ.
އަދި މިހާދިސާގައި ނިޔާވެފައިވަނީ އުމުރުން 17 އަހަރުގ ކުއްޖެއް ކަމަށާއި، އޭނާ ނިޔާވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން ވިދާޅުވެއެވެ.
މިމައްސަލާގައި މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ކޮމެންޓު ފޮނުވާ