މެސީގެ މޮޅު ކުޅުމާއިއެކު ބާސާ މޮޅުވެ ދެވަނަ އަށް

މެސީގެ މޮޅު ކުޅުމާއިއެކު ބާސާ މޮޅުވެ ދެވަނަ އަށް

Author
މުޙައްމަދު ޝަޒައިމް
08 ފެބްރުއަރީ 2021 11:11
0

ސްޕެނިޝް ލީގުގައި ރޭ ރެއާލް ބެޓިސް ބަލިކޮށް، ބާސެލޯނާ ލީގުގެ ދެ ވަނަ އަށް އަރައިފިއެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށްވެސް މާ އެދެވޭ ކުޅުމެއް ނުދެއްކުނުއިރު، ފުރަތަަމަ ހާފް ނިންމާލީ 38 ވަނަ މިނިޓްގައި ބެޓިސްގެ ބޯހާ އިގްލީސިއަސް ޖެހި ގޯލުންނެވެ. ކެޕްޓަން ލައިނޮލް މެސީއާއި ނުލައި ކުޅުނު ނަމަވެސް، ފަހު ހާފު ފެއްޓީ މެސީއާއި އެކުގައެވެ. ދެވަނަ ހާފުގައި މެސީގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުމާއެކު ގިނަ ގޯލުތަކެއްވެސް ވަނީ ފެނިގެން ގޮސްފައެވެ.

މެސީ ކުޅެން ނިކުތްތާ ގިނަ އިރުތަކެއްނުވެ މެޗުގެ 59 ވަނަ މިނިޓްގައި އޭނާވަނީ ގޯލެއްޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. އޭގެ ނުވަ މިނިޓް ފަހުން ބެޓިސްގެ ވިކްޓަ ރުއީޒް އަތުން ބައިކޮޅަށް ވަން ގޯލަކުން ބާސެލޯނާ ލީޑުނެގި އެވެ. ނަމަވެސް މެޗުގެ 75 ވަނަ މިނިޓްގައި ލަނޑެއް ޖަހައި ރުއީޒް ވަނީ ބެޓިސް އަށް އެއްވަރުކޮށްދީފަ އެވެ. ބާސެލޯނާ މޮޅުކޮށްދިން ގޯލު ޕޯޗުގީސް ޒުވާން ތަރި ޓްރިންކާއޯ ކާމިޔާބުކުރީ މެޗުގެ 87 ވަނަ މިނިޓްގައެވެެ.

ރޭގެ މެޗަށް ބާސެލޯނާ ނުކުތްއިރު އެ ޓީމު އޮތީ ލީގުގެ ހަތަރު ވަނައިގަ އެވެ. ބާސެލޯނާ ދެ ވަނަ އަށް އެރީ 21 މެޗުން 43 ޕޮއިންޓް ހަމަކޮށް ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑާ އެއްވަރަށް ޕޮއިންޓު ހޯދި ނަމަވެސް ލަނޑުގެ ތަފާތުން ކުރި ހޯދައިގެންނެވެ. އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 19 މެޗުން ވަނީ 50 ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.