މަހުމޫދު ހުސެއިން ޖަލުން މިނިވަން ކޮށްފައިވަނީ ޝަރީއަތަކާ ނުލާ ޖަލުގައި ބަންދުކޮށްފައި ހުންނަތާ 4 އަހަރަށްފަހު

އަލް ޖަޒީރާގެ ނޫސްވަރިޔާ މަހުމޫދު ހުސެއިން މިސްރުގެ ޖަލުން ދޫކޮށްލައިފި

އަލް ޖަޒީރާގެ ނޫސްވަރިޔާ މަހުމޫދު ހުސެއިން މިސްރުގެ ޖަލުން ދޫކޮށްލައިފި

މިސްރުގެ ސަރުކާރުން، އެއްވެސް ދައުވާއެއް ކުރެމެއްނެތި، އަލްޖަޒީރާގެ ނޫސްވެރިޔާ، މަހުމޫދު ހުސެއިން ޖަލަށް ލާފައި ހުންނަތާ 4 އަހަރު އަހަރަށްފަހު ޖަލުން މިނިވަން ކޮށްފިއެވެ.

އަލް ޖަޒީރާގެ ޚަރަދުތައް މެދުއިރުމަތީގައާއި އަދި އަރަބި ގައުމުންތަކުގައި ކަވަރު ކުރަމުންއައި، މިސްރުގެ ރައްޔިތެއްކަމުގައިވާ މަހުމޫދު ހުސެއިން މިސްރުގެ ސަރުކާރުން ޖަލަށް ލާފައިވަނީ، 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

މަހުމޫދު ހުސެއިން މިސްރުގެ ޖަލުން މިނިވަން ކުރުމާއިގުޅިގެން، އަލް ޖަޒީ ނެޓްވާކްގެ އެކްޑިން ޑެރެކްޓަރ ޖެނެރަލް މުސްތަފާ ސޯގު ނެރުއްވި ސްޓޭޓްމަންޓެއްގައި ވިދާޅުވެފައިވަނީ، ހުސެއިން ޖަލުން މިނިވަން ކުރުމަކީ، "ހަގީގަތް ހާމަވެގެން ދިޔަ ވަގުތު ކޮޅެއް ކަމުގައާއި، އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް ލިބިގެންދިޔަ ހިތްވަރެއް" ކަމުގައެވެ.

"މަހުމޫދު ޖަލުން މިނިވަން ކުރި ކުރުމަށް އަލްޖަޒީރާ ނެޓްވާކުން މަރުހަބާ ކިޔަން، އަދި މި ނެޓްވާކުން ގަބޫލު ކުރަނީ، އެއްވެސް ނޫންވެރިޔަކު އޭނާގެ ވަޒީފާ އަދާކޮށްގެން، ފާއިތުވެދި 4 އަހަރު މަހުމޫދަށް ކުރިމަތިވި އަނިޔާއާއި ކުރިމަތިން ޖެހިގެން ނުވާނެ ކަމަށް،"

"އޭނާގެ ހަޔާތުން 4 އަހަރު ފޭރިގަތުމަށްފަހު އަދި އޭނާގެ އެންމެ އަސާސީ އިންސާނީ ހައްގުތައްވެސް ނިގުޅައިގަތުމަށްފަހުވެސް، މިއަދު އަހަރުމެން އުފާކުރަން، އެންމެފަހުން އޭނާއަށް އޭނާގެ އާއިލާއާއި ބައްދަލު ކުރެވުނީމަ. އަހަރުމެން އެދެނީ މަހުމޫދު ހާލަތު އަވަހަށް ރަގަޅުވެ، ފާއިތުވިތަނުގައި ކުރިމަތިވި ކަންކަމުން އަރައިގަނެވި، އަލުން އާފަށުމަކުން އޭނާގެ މަސައްކަތަށް އެބުރި ރުޖޫޢަ ވެވޭނެ ކަމަށް،" އަލް ޖަޒީރާ ނެޓްވާކުން ނެރުނު ސްޓޭޓްމަންޓުގައި ބުނެފައި ވެއެވެ.

"ﷲ އަށް ޝުކުރުކުރަން، ބައްޕަ މިނިވަން ކުރުމަށް ނިންމި ނިންމުން ތަންފީޒު ކޮށްފި، ބައްޕަ މިހާރުވަނީ ގޭގައި،" މިއަދު، މަހުމޫދުގެ އަންހެން ދަރިފިޅު އޭނާގެ ފޭސް ބުކް އެކައުންޓުގައި ލިޔެފައި ވެއެވެ.

2016 ވަނަ މިސްރުގެ ސަރުކާރުން މަހުމޫދު ހުސެއިން ހައްޔަރު ކުރުމަށްފަހު، އޭނާ ޖަލުގައި ބަންދު ކޮށްފައިވާ މުއްދަތުގައި، ޝަރީޢަތަކާ ނުލާ، ތުހުމަތު ކުރެވޭ ފަރާތެއް ބަންދުގައި ބެހެއްޓުމަށް މިސްރުގެ ގާނޫނުތަކުން ލިބިދޭ އެންމެ ދިގުމުއްތުވެސް ފާއިތުވެގެން ގޮސްފައިވާތާ އެތަކެއް މަސްތަކެއް ފާއިތުވެގެން ދިޔައިރުވެސް އޭނާ މިނިވަން ކޮށްފައެއް ނުވެއެވެ. މިއީ ބައިނަލް އަގުވާމީ ގާނޫނުންވެސް ހުއްދަކުރާ ކަމެއް ނޫނެނެވެ.

ޝަރީޢަތަކާ ނުލާ ހުސެއިން ބަންދު ކޮށްފައި ހުންނަ ހުރުން ގާނޫނުގެ ތެރެއަށް ފެއްތުމަށްޓަކާ، މިސްރުގެ ސަރުކާރުން، އެންމެ ފުރަތަމަ ހުސެއިން ޖަލަށްލިތާ 2 އަހަރު ފުރުތަނާ ކަހަލަ ގޮތަކަށް ހުސެއިން ޖަލުން ދޫކޮށް އެހެންނަމަވެސް، އަލުން ހައްޔަރު ކުރިއެވެ.

އަލްޖަޒީރާ މީޑިއާ ނެޓްވާކުގެ ޑިރެކްޓަރ ޖެނެރަލް މުސްތަފާ ސޯގު ކުރިން ވިދާޅުވެގައިވަނީ، “ހައްދެއް ނެތްގޮތަށް ހުސެއިންގެ ބަންދުގެ މުއްދަތު އިތުރު ކުރަމުން ދިއުން ހުއްޓުމަކަށް އަންނަން ޖެހޭ ކަމަށާއި، އަދި އެއްވެސް ޝަރުތަކާ ނުލާ ހުސެން މިނިވަންވެސް ކުރަން ޖެހޭ،” ކަމަށެވެ.

“އަލްޖަޒީރާއިން އަބަދުވެސް، ހުރިހާ ނޫސްވެރިންގެ ހިމާޔަތުގައިވެސް ވަކާލާތު ކުރާނެ. އަހަރުމެން ގަބޫލު ކުރަނީ، އެއްވެސް ނޫސްވެރިޔަކަށް އޭނާގެ ވަޒީފާ އަދާކުރުމުގެ ސަބަބުން، ދައުވާކުރެވި، ޖަލަށްލެވި، އަނިޔާ ދެވިގެން ނުވާނެކަމަށް،” މުސްތަފާ ވިދާޅުވެފައި ވެއެވެ.

“އަހަރުމެން ގަބޫލު ކުރަނީ، ޑިމޮކްރަސިއާއި އިންސާނީ ހައްގުތަށް ނަގަހައްޓާ ދެމެހެއްޓުމުގެ ހަގީގީ ބިންގަލަކީ ނޫސްވެރިކަން ކަމަށް.”

“ވަން ޕްރެސް ކޯލިޝަން” އިން އެކުލަވާލި، ދުނިޔޭގައި މިވަގުތު ތިބި، ނޫސްވެރިކަމުގެ ހައްގު ނިގުޅައިގަނެވި، އަދި އަނިޔާލިބެމުންދާ، އެންމެ ބޮޑަށް ސަމާލުކަން ޖޭހޭ 10 މީހުންގެ ލިސްޓުގެ 2 ވަނައިގައި މިއަހަރު މުހައްމަދު ހުސެއިން ވަނީ ހިމެނިފައެވެ.

އަދި މީގެ އިތުރުން، ދަ ނޭޝަނަލް އެސޯސިއޭޝަން އޮފް ބްލެކް ޖާނަލިސްޓް (NABJ)ގެ ފަރާތުން ހުސެއިންއަށް ވަނީ އެ ޖަމާއަތުން އަރުވާ ޝަރަފްވެރި ޕާސީ ކޫބޯޒާ އެވާޑްވެސް އަރުވާފައެވެ. މި އެވާރޑަކީ، ދުނިޔޭގެ ގައުމުތަކުގައި، ނޫސްވެރިން ކުރާ އާދަޔާ ޚިލާފު އަދި ނުރައްކާތެރި މައްސައްކަތްތަކުގެ އަގުވަޒަންކޮށް ކޮންމެ އަހަރަކުވެސް ދެމުން އަންނަ އެވާރޑެކެވެ.

ކޮމިޓީ އޮފް ޕްރޮޓެސްޓް ޖާނަލިސްޓުގެ ފަރާތުން 2020 ވަނަ އަހަރު ތައްޔާރު ކުރި ރިޕޯޓުގައިވާ ގޮތުން، މިސްރުގެ ސަރުކާރުންވަނީ، ނޫސްވެރިން ތުހުމަތަކާ ނުލާ ހައްޔަރުކުރުމާ، ދައުވާ ކުރުމަކާނުލާ ބަންދުކޮށްފައި ބޭތިއްބުން އިތުރަށް ވަރުގަދަ ކޮށްފައެވެ.

މިގޮތުން މިސްރުގެ ސަރުކާރުން މިވަގުތު އެގައުމުގެ ޖަލުތަކުގައި ޖުމްލަ 27 ނޫސްވެރިޔަކު ބަންދު ކޮށްފައި އެބަތިއްވެ. މިއީ 2016 ވަނަ އަހަރު އެގައުމުން ހައްޔަރުކުރިން ނޫސްވެރިންގެ ރެކޯޑް އަދަދާ އެއްވަރު އަދަދެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *