ސިޓީން 2-0 އިން ބާންލީ ބަލިކޮށް ލީގުގެ އެއް ވަނައިގައި ލީޑު ދެމެހެއްޓައިފި އެވެ.
ބާންލީ ދަނޑުގައި ސިޓީ މޮޅުކޮށްދިނީ ގަބްރިއެލް ޖީސޫސް އާއި ރަހީމް ސްޓާލިންގެ ގޯލުތަކުންނެވެ. މި ނަތީޖާއާ އެކު ސިޓީ އެންމެ ފަހުން ހުރިހާ މުބާރާތެއްގައި ކުޅުނު 13 މެޗުން ވަނީ މޮޅުވެފަ އެވެ. މިނަތީޖާ އެކު ސިޓީ އެއް ވަނައިގައި އޮތީ 21 މެޗުން 47 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 22 މެޗުން 44 ޕޮއިންޓް ލިބިފައިވާއިރު، ރޭ ފުލަމް އަތުން 2-0 އިން މޮޅުވި ލެސްޓާ ތިން ވަނަ އަށް ޖެހިލީ 22 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލް ހަތަރު ވަނަ އަށް ވެއްޓުނީ އަމިއްލަ ދަނޑުގައި ރޭ ބްރައިޓަން އަތުން 1-0 އިން ބަލިވުމުންނެވެ. ލިވަޕޫލަށް 22 މެޗުން ލިބުނީ 40 ޕޮއިންޓެވެ.
ލީގުގައި ސިޓީ ދެން ކުޅޭ މެޗުގައި ނުކުންނާނީ އާދިއްތަ ދުވަހުގެރޭ ރަށުންބޭރުގައި ލިވަޕޫލާ ދެކޮޅަށެވެ.
ކޮމެންޓު ފޮނުވާ