ގްރޭޓާ މާލެ ބްރިޖް މަޝްރޫއަަކީ އުފަންވިއިރުވެސް ބޮޑު ވައްކަމެއް: ސައީދު

ގްރޭޓާ މާލެ ބްރިޖް މަޝްރޫއަަކީ އުފަންވިއިރުވެސް ބޮޑު ވައްކަމެއް: ސައީދު

Author
މުޙައްމަދު ޝަޒައިމް
13 އޮކްޓޯބަރ 2020 05:38
0

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫއަކީ އުފަންވިއިރުގައިވެސް ބޮޑު ވައްކަމެއް ކަމުގައި އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ގްރޭޓާރ މާލެ ކަނެކްޓިވިޓީ ބްރިޖު ނުވަތަ މާލެ ތިލަފުށި ލިންކު މަޝްރޫޢާއި ގުޅޭގޮތުން އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މާލެ އާއި ވިލިމާއާއި ދެމުދު އޮތް ކުޑަކުޑަތަން ކޮޅެއްގައި އަޅާ ބްރިޖަކަށް 400 މިލިޔަނަށްވުރެ ގިނަ ޑޮލަރު ހޭދަކުރާކަމީ ނުހަނު ކަންބޮޑުވާކަމެއްކަމަށެވެ. މި ފައިސާއަކީ ރާއްޖޭގެ 19 އަތޮޅަށް ތަރައްޤީ ގެނެވޭނެގާ ގިނަ ފައިސާތަކެއްކަމަށް ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުޅި މަޝްރޫޢަށް 750 މިލިޔަން ޑޮލަރު ހޭދަކުރުމަށް ސަރުކާރުން ނިންމައި މިބޮޑުހޭދަ ކުރަނީ ވަރަށްބޮޑު އޮޅުވާލުމެއްގެ ތެރެއިން ކަމަށެވެ. މިކަމަކީ ކޮރަޕްޝަން އިންތިހާއަށް އެކުލެވޭ ބޮޑު ޚިޔާނާތެއްކަމަށް ސައީދު ވަނީ ސިފަކުރައްވާފަ އެވެ. ސައީދު ވިދާޅުވީ މިފައިސާތަކަކީ މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ތަރައްގީ ގެނެވޭނެހާ ގިނަ ފައިސާތަކެއްކަމަށެވެ. މިހާގިނަ ފައިސާތަކެއް ހޭދަކުރާނެ ގޮތުގެ ތަފްސީލެއްވެސް ހާމަނުކޮށް ރައްޔިިތުންގެ ބޮލުގައި ބޮޑު ދަރައްޏެއް އަޅުވާފައިވާ މިކުރާމަކީ ރައްޔިތުން ސުވާލުކޮށް ހުއްޓުވަން ޖެހޭކަމެއްކަމަށް ސައީދު ވިދާޅުވި އެވެ.

ރާއްޖޭގެ ދަރަނި މިއަދު 100 މިލިޔަށްވުރެ މައްޗަށް އަރާފައިވާއިރު މިފައިސާގެ ޒިންމާ މިއެޅެނީ ދިވެހި ރައްޔިތުންގެ ބޮލުގައިކަމަށް ސައީދު ވިދާޅުވިއެވެ. އިންޑިއާގެ އެގްޒިމް ބެންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫޢަށް ހަމަޖެހުނުއިރު، މި ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ މަޝްރޫއު ނިމޭތާ ފަސް އަހަރު ދުވަހުގެ ފަހުން ކަމަށާއި ލޯނު އަނބުރާ ދައްކަން 20 އަހަރު ލިބޭނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެ އެވެ.

މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދޭ 67 ކިލޯމީޓަރުގެ ބްރިޖުތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ވެގެންދާނީ މާލެ، ހުޅުލެ، އަދި ހުޅުމާލެ ގުޅީފަޅު ޕޯޓް އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން ގުޅުވައިދޭ ލައިފްލައިން ކަމުގައި ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.