ޓްރާންސްޕޯޓް އޮތޯރިޓީގެ މާލީ ޒިންމާދާރުވެރިޔާގެ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް

ޓްރާންސްޕޯޓް އޮތޯރިޓީގެ މާލީ ޒިންމާދާރުވެރިޔާގެ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް

Author
މުޙައްމަދު ޖިމީ
13 އޮކްޓޯބަރ 2020 04:41
0

ޓްރާންސްޕޯޓް އޮތޯރިޓީގެ މާލީ ޒިންމާދާރު ވެރިޔާ ޢަލީ ޒުބައިރުގެ މައްސަލައެއް އެންޓި ކޮރަޕްޗަންސް ކޮމިޝަން (އޭސީސީ)އަށް ހުށައަޅައިފިއެވެ. އޭސީސީއަށް ހުށައެޅި މިމައްސަލަ ތަޙްޤީޤްކުރުމާމެދު އޭސީސީން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. މިމައްސަލަ އަދި އޮތީ އިވެލުއޭޝަން މަރުހަލާގައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޒިންމާދާރު ވެރިޔާގެ މައްސަލައެއް އޭސީސީއަށް ހުށައަޅާފައިވަނީ އޭނާގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވުމާއި ގުޅިގެންނެވެ. އޭގެތެރޭގައި ހުރަވީ ބިލްޑިންގައި ކުރިން ހިންގަމުން އައި ޓްރާންސްޕޯޓް އޮތޯރިޓީ ސްޓާސިނަމާ ކުރިން ހިންގަމުން އައި ޢިމާރާތަށް ބަދަލުކުރުމަށް ހިންގި ޚަރަދުތަކާއި، ޓްރާންސްޕޯޓް އޮތޯރިޓީން މީގެ ކުރިން ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ކޮށްފައިނުވާ ކުންފުޏަކަށް މާލީ މަންފާތަކެއް ހޯދައިދިނުމަށް އުޅުނުކަމުގެ ތުހުމަތުތަކެކެވެ. މީގެ އިތުރުން ސަރަހައްދީ އެއަރޕޯތްތަކުގައި ބޭނުންކުރުމަށް ބާ ބަސްތަކެއް ގެނައި މައްސަލައިގެ ތުހުމަތުތަކެއްވެސް އޭނާގެ މައްޗަށް ކޮށްފައިވެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ މާލީ ޒިންމާދާރު ވެރިޔާގެ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް ހުށައަޅަފައިވާއިރު ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާއި ބެހޭ ޤަވާއިދު ޓްރާންސްޕޯޓް މިނިސްޓްރީން އުވާލުމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާގެ މައްސަލައެއްވެސް އޭސީސީއަށް ހުށައަޅާފައިވެއެވެ. އަދި މިމައްސަލާގައި އެމިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ޢަބްދުﷲ ފަޔާޒް ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ސަސްޕެންޑުވެސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.