މިނިވަން މުއައްސަސާތަކުގައި ތިއްބެވި ޒިންމާދާރު ނޫން މެމްބަރުން މަޤާމުންތަކުން ވަކިކޮށް މުއައްސަސާތަށް ސާފުކުރެވޭނީ އެމްޑީޕީގެ ސިޔާސަތުތައް ހިފެހެއްޓިގެން ކަމުގައި ހާމިދު އަބްދުލް ޢަފޫރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއިބެހޭ ކޮމިޓީން ބްރޯޑްކާސްޓިން ކޮމިޝަނުން ޒީނާ ޒާހިރު ވަކިކުރުމަށް ނިންމި ނިންމުމަށް އިޝާރާތް ކުރައްވައި ހާމިދު ވިދާޅުވީ ކޮމިޓީތަކުން މަސައްކަތް ކުރައްވާއިރުވެސް އެމްޑީޕީގެ ސިޔާސަތު ހިފަހައްޓަން ޖެހޭކަމަށެވެ. އެސިޔާސަތު ނުހިފެހިއްޓިއްޖެނަމަ މިނިވަން މުއައްސަސާތަކައި އެނޫން ތަންތަނުގައި ތިއްބެވި ޒިންމާދާރުކަން ކުޑަ ބޭފުޅުން ވަކިކުރުން ދަތިވާނެކަމަށެވެ.
މިއަދު ސަރުކާރުގެ މިޑްޓާމާއި ކުރިމަތިަލާއިރު ވަރަށް ގިނަ ކަންކަން އިސްލާހުކުރަންޖެހޭތަން ފެންނަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން މިހާރު މަސައްކަތް ކުރާގޮތުން އެބޭފުޅުންގެ މަސްއޫލިއްޔަތާއިމެދު ސުވާލު އުފެނި އެތަންވެސް ސާފުކުރަން ޖެހިފައިވާކަމަށެވެ.
މިނިވަން މުއައްސަސާތައް ސާފުކުރަން އަވަސް ކުރެވޭނީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އިން ކޮމިޓީތަކުގައި ސިޔާސަތުތައް ހިފަހައްޓާ މިންވަރަކުން. މިޑްޓާމްއަށް ގާތްވާއިރު އެންޓި ކޮރަޕްޝަން ވެސް އެއޮތީ ރިވިއު ކުރަންޖެހިފަ. މުސާރަވެސް ހިނގާ
– ހާމިދު އަބްދުލް ޢަފޫރު ވިދާޅުވި އެވެ.
ހާމިދު މަޖިލީހުގެ ކޮމިޓީތަކަށް އިޝާރާތްކޮށް މިފަދަ ޓްވީޓެއް ކުރައްވާފައިވާއިރު، މަޖިލީހުގެ ބައެއް ކޮމިޓީތަކުން ރައީސް ނަޝީދާއި އެމްޑީޕީގެ ބައެއް ބޭފުޅުން ބޭނުންވާ ގޮތަކަށް ކަންކަން ނުކުރާ މައްސަލާގައި ވަނީ ފާޑުކިޔުން އިތުރުވެފަ އެވެ. ހާމިދުގެ ޓްވީޓުގައި އިޝާރާތް ކުރެއްވި މިނިވަން މުއައްސަސާ ކޮމިޓީއަކީވެސް ރައީސް ނަޝީދުގެ ވިސްނުމާއި ދެކޮޅަށް މަސައްކަތް ކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ޗެއަރ ކުރާ ކޮމިޓީއެއްކަމަށް ބައެއް ފަރާތްތަކުން ވިދާޅުވެ އެވެ.
ކޮމެންޓު ފޮނުވާ