ބުރާސްފަތި ދުވަހު ފަށަން ތާވަލުކޮށްފައި އޮތް ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް މި މަހު 10 ވަނަ ދުވަހަށް ފަސްކޮށްފި އެވެ.
15 ޓީމު ބައިވެރިވާ މި ފަހަރުގެ މުބާރާތަށް ގިނަ ޓީމުތަކަކުން ވަނީ ވަރުގަަދައަށް ތައްޔާރުވެފަ އެވެ. އެ ގޮތުން ބައެއް ޓީމުތަކުން ވަނީ ބިދޭސީ ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަކޮށްފަ އެވެ. މުބާރާތް ރޭވިފައިވާ ގޮތަށް ބަލާއިރު ޓީމުތައް އޮތީ ހަތަރު ގްރޫޕަކަށް ބަހާލާފަ އެވެ. ފުރަތަމަ ތިން ގްރޫޕްގެ ތެރެއިން ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭނެ އެވެ. ފަހު ގްރޫޕްގައި ވާދަކުރާނީ ތިން ޓީމެވެ.
މުބާރާތް ފެށުން ފަސްކުރަން ނިންމީ ބައިވެރިވި ޓީމުތަކުން ވެސް އެ ގޮތަށް ބޭނުންވުމުގެ އިތުރުން މުބާރާތަށް ވާންޖެހޭ އެހެން ތައްޔަރީތަކަށް ވެސް ވަގުތު ބޭނުންވާތީ ކަމަށް އެފްއޭއެމް ބުނެއެވެ. ޓާފް ދަނޑުގައި މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު، ކުއާޓާ ފައިނަލުން ފެށިގެން މެޗުތައް ބާއްވާނީ ގަލޮޅު ދަނޑުގަ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި 10 ވަނަ ދުވަހު ހަވީރު ކުޅޭނީ ޓެންޓާއި ކްލަބް ބްލޫ ލެޕާޑް އެވެ.