Ad
އެފްޓީއޭގެ އެއްބަސްވުމަކީ ދެފަރާތައް ފައިދާވާނެ ފެންވަރު ރަނގަޅު އެއްބަސްވުމެއް: ސަފީރު

އެފްޓީއޭގެ އެއްބަސްވުމަކީ ދެފަރާތައް ފައިދާވާނެ ފެންވަރު ރަނގަޅު އެއްބަސްވުމެއް: ސަފީރު

Author
މުޙައްމަދު ޝަޒައިމް
13 އޮކްޓޯބަރ 2020 03:13
0

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާއެކު ގާއިމު ކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ދެފަރާތައް ފައިދާވާނެ ފެންވަރު ރަނގަޅު އެއްބަސްވުމެއްކަމަށް ރާއްޖެއިން ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާއެކު ގާއިމު ކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން އެހެން ގައުމުތަކާއެކު އޮންނަ ވިޔަފާރީގެ ގުޅުމަށް ބުރޫއަރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން ޗައިނާ ސަފީރު ވިދާޅުވީ އެ އެއްބަސްވުމަކީ ދެ ފަރާތަށްވެސް ފައިދާވާނެ ފެންވަރު ރަނގަޅު އެއްބަސްވުމެއް ކަމަށެވެ.

އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ އެއްބަސްވުމާއެކު ދެ ގައުމުގެ ވިޔަފާރީގެ ގުޅުން މުޅީން އެހެން ހަރުފަތަކަށް އުފުލިގެންދާނެކަމަށް ޗައިނާ ސަފީރު ވިދާޅުވި އެވެ. ސަފީރު ވިދަޅުވީ މި އެގްރިމަންޓުގެ ދަށުން ޗައިނާއިން 22 ފަރާތަކާއެކު 18 އެފްޓީއޭގައި ސޮއިކޮށްފައިވާކަމަށެވެ.

ޗައިނާއާއެކު ކުރީ ސަރުކާރުން ޤާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އޭގެ ސަބަބުން އެހެން ޤައުމުތަކާއި އެކު އޮންނަ ވިޔަފާރިގެ ގުޅުމަށް ބުރޫއަރާނެފަދަ އެއްބަސްވުމެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ވަނީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވިދާޅުވެފަ އެވެ.

މިނިސްޓަރ ވިދާޅުވީ ޗައިނާއިން ޑިއުޓީ ފްރީކޮށް މުދާ އެތެރެކުރެވިދާނެ ކަމަށާއި، ނަމަވެސް ޗައިނާ ކަހަލަ ބޮޑު ގައުމެއްގެ މުދަލުން ސުން ޕަސެންޓް ނަގާފައި އެހެން ޤައުމުތަކުގެ މުދަލުން އެއަށްވުރެ ބޮޑު ޕަސެންޓެއްގެ ޑިއުޓީ ނެގުމަކީ އެހެން ޤައުމުތަކާއެކު އޮތް ވިޔަފާރީގެ ގުޅުމަށް ބުރޫ އަރާނެކަމެއްކަމަށެވެ.

ކުރީގެ ސަރުކާރުގައި ޤާއިމްކޮށްފައިވާކަމަށް ބުނާ ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ހަދަންޖެހޭ އެއްވެސް ޤާނޫނެއް ހަދާއިފައި ނެތުމުން، އެ އެއްބަސްވުމުގެ ފައިދާއެއް ނެތްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުވެސް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. ކުރީގެ ސަރުކާރުން ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލާފައި ވަނީ، 2017ވަނަ އަހަރުގެ ޑިސެމްބަރު 7ވަނަ ދުވަހުއެވެ. މި އެއްބަސްވުން ހިމެނޭގޮތުން ކުރީގެ ސަރުކާރުން ޗައިނާއެކު 12 އެއްބަސްވުމެއް އެކުލަވާލާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.