ހއ.އިހަވަންދޫ އިންޖީނުގޭގައި އަލަށް އިމާރާތްކުރާ އޮފީސް އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މިއިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިޔާތުގައި ބިންގާ އަޅުއްވައި ދެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަ އަޙްމަދު ސަޢީދު މުޙައްމަދުއާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢުއެވެ.
(2/2) pic.twitter.com/DKTxGfex99
— Fenaka Corporation Ltd (@TeamFenaka) October 13, 2020
އިހަވަންދޫ އިންޖީނުގޭގެ އޮފީސް އިމާރާތްކުރަނީ ދެ ފަންގިފިލާއަށެވެ. މިއީ 40 މީހުންގެ ޖާގައިގެ އޮފީސް އިމާރާތެކެވެ. މި އޮފީސް އިމާރާތާއެކު ތަނުގެ ޚިދުމަތްތައް ފުޅާކުރެވި ކަސްޓަމަރުންނާއި މުވައްޒަފުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދެވޭނެކަމަށް ފެނަކައިން ވިދާޅުވެއެވެ.
ފެނަކައިންދަނީ ރަށްރަށުގެ އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލުކުރުމާއި، އަދި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުރި އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރަހައްދަށް ބަދަލުކުރުމަށް މަޝްރޫޢުއެއް ކުރިއަށްގެންދަމުންނެވެ
ކޮމެންޓު ފޮނުވާ