ޓުޗެލް އާއިއެކު ޗެލްސީގެ ފުރަތަމަ މޮޅު ހޯދައިފި

ޓުޗެލް އާއިއެކު ޗެލްސީގެ ފުރަތަމަ މޮޅު ހޯދައިފި

Author
މުޙައްމަދު ޝަޒައިމް
01 ފެބްރުއަރީ 2021 08:50
0

މިދިޔަ ހަފްތާގައި ޗެލްސީގެ ކޯޗުކަމާ ހަވާލުވި ޓުޗެލްގެ ކޯޗުކަމުގައި ޗެލްސީން ފުރަތަމަ މޮޅު ހޯދައިފިއެވެ.

ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޗެލްސީން ބާންލީ ބަލިކުރީ 2-0ގެ ނަތީޖާއަކުންނެވެ. ޓުޗެލްގެ އިރުޝާދުގެ ދަށުން ޗެލްސީ ކުޅުނު ފުރަތަމަ މެޗުގައި ވުލްވްސްއާ ދެކޮޅަށް ކުޅެ، 0-0 އިން އެއްވަރުވި ނަމަވެސް އެ މެޗުގައިވެސް ކުރިއެރުންތަކެއް ފެނިފައިވެއެވެ. ރޭގެ މެޗުގައި ބާންލީއާ ދެކޮޅަށް ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނުއިރު، އެ ޓީމުގެ ލަނޑުތައް ޖެހީ ސެޒާ އަޒްޕިލިކުއޭޓާ އާއި އަލުން ޓީމުން ފުރުސަތު ދިން މާކޯސް އަލޮންސޯ އެވެ.

ޓުޗެލް ބުނީ އޭނާ ބޭނުންވާ ސްޓައިލަށް ކުޅެން ޓީމެއްގެ ގޮތުގައި ކުރި މަސައްކަަތް ފާހަަގަކުރާ ކަމަށެވެ. މި މޮޅާ އެކު ޗެލްސީ އޮތީ 21 މެޗުން 33 ޕޮއިންޓާ އެކު ލީގުގެ ހަތް ވަނައިގަ އެވެ. އެއީ އަށް ވަނައިގައި އޮތް އެވަޓަން އާއި ނުވަ ވަނައިގައި އޮތް އެސްޓަން ވިލާ އަށް ވުރެ ދެ މެޗު އިތުރަށް ކުޅެގެންނެވެ.

އޮކްޓޯބަރު މަހަށްފަހު ޕްރިމިއާ ލީގު މެޗެއް ނުކުޅެ ހުރި މާކަސް އެލޯންސޯއާއި ޓީމޯ ވާނާގެ އިތުރުން ޓެމީ އަބްރަހަމްއާއި މޭސަން މައުންޓްވެސް މެޗުގެ 11 ގައި ހިމެނިފައިވާ އިރު، ހަކިމް ޒިޔެޗް ސްކޮޑުގައި ހިމެނިފައެއް ނުވެއެވެ. ޓުޗެލް ބުނެފައިވަނީ ޒިޔެޗަށް އޭނާ ރެސްޓް ދިން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.