ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އާއި މިއަދު ހަވާލުކޮށްފިއެވެ.
19.89 މިލިއަން ރުފިޔާއަށް އެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކުރީ 250 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢުގެ ދަށުން 870 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ޤާއިމްކޮށް ގޮނޑުދޮށް ހިމާޔަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީއާއި މިއަދު ހަވާލުކޮށްފިއެވެ.މި މަޝްރޫޢުގެ އަގަކީ 19.8 މިލިއަން ރުފިޔާއެވެ. އަދި މި މަޝްރޫޢަކީ 250 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. pic.twitter.com/RtOEiKCTxp
— MTCC Plc (@MTCCPlc) January 31, 2021
ޑިޒައިން އެންޑް ބިލް ޑް އުސޫލުން މި މަޝްރޫޢ ހަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ މަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރ ޝާހިދު ޙުސައިން މޫސާއެވެ.
ކޮމެންޓު ފޮނުވާ