ބޮޑުފުޅަދުއާއި، އުނގޫފާރު ބިންހިއްކުން އެމްޓީސީސީއަށް

ބޮޑުފުޅަދުއާއި، އުނގޫފާރު ބިންހިއްކުން އެމްޓީސީސީއަށް

Author
މުޙައްމަދު ޖިމީ
31 ޖެނުއަރީ 2021 03:08
0

އއ.ބޮޑުފުޅަދޫއާއި، ރ.އުނގޫފާރު ބިންހިއްކުމުގެ މަޝްރޫޢު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްފިއެވެ.

ޑިޒައިން އެންް ބިލްޑު އުސޫލުންހިންގާ މިޝްރޫޢުތަކުގެ ތެރެއިން އއ.ބޮޑުފުޅަދޫ ގައި 8 ހެކްޓަރުގެ ބިން، އަދި ރ.އުނގޫފާރުގައި 10 ހެކްޓަރުގެ ބިން ހުއްކުމަށް ވަނީ ހަމަޖެހިފައެވެ. އއ.ބޮޑުފުޅަދޫ މަޝްރޫޢުަގައި ހިމެނެނީ، އެރަށު ބިންހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 1052 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 180 މީޓަރުގެ ބްރޭކްވޯޓަރ އަދި 11 މީޓަރުގެ ގްރޮއިން ޤާއިމްކުރުމެވެ. 365 ދުވަހުގެ ތެރޭގައި މިމަޝްރޫޢު ނިންމާގޮތަށް ހަވާލުކޮށްފައިވަނީ 78.56 މިލިއަން ރުފިޔާއަށެވެ.

މީގެ އިތުރުން ރ.އުނގޫފާރު ބިންހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 1150 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 75 މީޓަރުގެ ގްރޮއިން ޤާއިމްކުރުން ހިމެނެއެވެ. މި މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މިމަޝްރޫޢުގެ އަގަކީ 75.34 މިލިއަން ރުފިޔާއެވެ.

މި ދެ މަޝްރޫޢުގެ ކޮންޓެރެކްޓްގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ މަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރ ޝާހިދު ޙުސައިން މޫސާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.