އިންތިޚާބަށް ވާދަވެރިންނަށް ނުލިބޭ ފުރުޞަތެއް އެމްޑީޕީންވެސް ބޭނުން ނުކުރާނެ: ނަޝީދު

އިންތިޚާބަށް ވާދަވެރިންނަށް ނުލިބޭ ފުރުޞަތެއް އެމްޑީޕީންވެސް ބޭނުން ނުކުރާނެ: ނަޝީދު

Author
މުޙައްމަދު ޖިމީ
31 ޖެނުއަރީ 2021 01:26
0

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ ވާދަވެރި އިދިކޮޅު ފަރާތްތައް ތިންވަނަ ފަހަރަށް ބަލިކުރާނެ އިންތިޚާބުކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އިންތިޚާބައި ގުޅޭގޮތުން، މިއަދު އެމްޑީޕީގެ އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް އިންތިޚާބުގައި އިދިކޮޅު ފަރާތްތައް ބޮޑު ބައްޔަކުން ބަލިކުރާނެކަމަށެވެ. އަދި އިންތިޚާބުން އެމްޑީޕީ ބަލިވާނެ އެއްވެސް ފުރުޞަތެއް ނެތްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައިސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އެންމެ ފަހުން ބޭއްވި ދެ އިންތިޚާބުވެސް އެމްޑީޕީން ވަނީ ބޮޑު އަޣްލަބިއްޔަތކުން ކާމިޔާބުކޮށްފައެވެ. އެގޮތުން ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބުވެސް ކާމިޔާބުކުރީ އެމްޑީޕީންނެވެ. ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ އިންތިޚާބގެ ގޮނޑި ކާމިޔާބުކުރާނީ ވެސް އެމްޑީޕީންކަމަށް ރައީސް ނަޝީދު ވިދާޅުިއެވެ.

ޕީޕީއެމްއާއި ޕީއެންސީއަށް ނުލިބޭ ފުރުސަތެއް އަޅުގަނޑުމެން ނުނަގާނެ، އެފަދަ ފުރުސަތެއް ސަރުކާރުން ނުވެސް ދޭނެ.

– އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ، ރަށްރަށަށް ގޮސް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށްފަހުގައިވެސް، އިންތިހާބަށް ކެމްޕެއިން ކުރުމަށް ތައްޔާރަށް އެޕާޓީ އޮތްކަމަށެވެ. އެހެންކަމުން އެޕާޓިންކެމްޕެއިން ކުރާނީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށްކަމަށާއި، ވާދަވެރިންނަށް ނުލިބޭ ފުރުޞަތެއް އެމްޑީޕީންވެސް ބޭނުން ނުކުރާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެެވެ. ރައީސް ނަޝީދު ވިދޅުީ، ގަސްދުކުަރއްވަނީ އެޕާޓިގެ ފަރާތުން ހުރިހާ ރަށެއްގައިސް ކަރަންޓީން ވުމަށްކަމަށާއި، އެއީ އުނދަގޫ މަސައްކަތެއްނަމަވސް ގައިޑްލައިންގެ ތެރެއިން އެކަން ކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.