އަވަގުރާނަ ގޮވުމަކީ ހުތުރުކަން ބޮޑު ޢަމަލެއްކަމަށް ވިދާޅުވެ، މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަލީ ޒައިދު ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲއަށް ނަސޭހަތްތެރިވެވަޑައިގެންފިއެވެ.
ޢާންމު ތަނެއްގައި ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރި މައްސަލައިގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ފަށާފައިވާއިރު، ޢަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަވަގުރާނަ ކިއުމަކީ ހުތުރުކަން ބޮޑު ޢަމަލެއްކަމަށާއި، އެއީ ވަކި ބޭފުޅަކަށް އަމާޒުކޮށް ވިދާޅުވާ އެއްޗެއް ނޫންކަމަށެވެ.
މީ އެންމެންވެސް އެކަމަކާ ދުރުހެލިވާންޖެހޭ ކަމެއް! ރިވެތި އަޚްލާގެއް ނެތްނަމަ އެމީހަކަށް ﷲގެ ރުއްސެވުމެއް ނުލިބޭނެ! އަދި މީސްތަކުންގެ ރުހުމެއްވެސް ނުލިބޭނެ.
– ޝައިޚް ޢަލީ ޒައިދު
Auguraana kiyumakee huthuru kan bodu amaleh! Vaki beyfulhakah bunaa ehcheh noon meekee! Mee emen ves ekamakaa dhuruheli vaan jeheyne kameh! Rivethi akhlaaq neh nama emeehakah Allah ge ruhsevumeh nulibeyne! Adhi meesthakunge ruhumeh ves nulibeyne!
— Ali Zaid (@alizaid1000) January 31, 2021
2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން ޙުކުމް އިއްވި ދުވަހު އެ ސަރަހައްދުގައި ހުރެ ފަނޑިޔާރުންނަށް ނިސްބަތްކޮށް ހަޑި ހުތުރު ބަސް ބޭނުކޮށް ހަޑި ހުތުރު ބަހުން ވާހަކަ ދައްކާފައިވާ ކަމަށް ބުނެ ޢަބްދުއްރަޙީމްގެ މައްޗަށް އުފުލާފައިވާ ދައވާގެ ޝަރީޢަތް މިއަދު ވަނީ ފަށާފައެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ3 މަސް ދުވަހުގެ ޖަލު ޙުކުމެއް އަންނާނެއެވެ.
ކޮމެންޓު ފޮނުވާ