ކޯވިޑް-19ގެ ވެކްސިނާ ބެހޭ ގޮތުން ސިޔާސީ ޕާޓީތަކުން ކުރާ ސިއްހީ ދިރާސާ ތަހުގީގުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ގޮވާލައްވައިފިއެވެ.
އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ކޮވިޝީލްޑް ވެކްސިނަކީ ރައްކާތެރިކަމާ މެދު އިދިކޮޅުން ސުވާލު އުފައްދަމުންދާތީ އެކަމަށް ރައްދު ދެއްވަމުން މޫސާ މަނިކު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ޤާނޫނުން ޖާގަނުދޭ ކަންކަން އެއްވެސް ޕާޓީ އަކުން ކުރާނަމަ އެކަމުގެ މުހިއްމުކަމަށް ބަލަންޖެހޭނެކަމަށެވެ. އަދި ރައްޔަތުންގެ ޢާއްމު ސިއަހަތާ ގުޅިފައިވާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން ޕާޓީތަކުގެ ޓެކްނިކަލްޓީމުން ކުރާ ސިއްހީ ދިރާސާ ތަޙްޤީގްކުރަންޖެހޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސިޔާސީޕާޓީތަކުގެ ޤާނޫނުން ޖާގަނުދޭ ކަންކަން އެއްވެސް ޕާޓީ އަކުން ކުރާނަމަ އެކަމުގެ މުހިއްމުކަމަށްބަލަންޖެހޭނެ، ރައްޔަތުންގެ ޢާއްމުސިއަހަތާގުޅިފައިވާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން ޕާޓީތަކުގެ ޓެކްނިކަލްޓީމުން ކުރާސިއްހީ ދިރާސާ ތަޙްޤީގްކުރަންޖެހޭނެ؟
– ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު
ސިޔާސީޕާޓީތަކުގެ ޤާނޫނުން ޖާގަނުދޭ ކަންކަން އެއްވެސް ޕާޓީ އަކުން ކުރާނަމަ އެކަމުގެ މުހިއްމުކަމަށްބަލަންޖެހޭނެ، ރައްޔަތުންގެ ޢާއްމުސިއަހަތާގުޅިފައިވާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން ޕާޓީތަކުގެ ޓެކްނިކަލްޓީމުން ކުރާސިއްހީ ދިރާސާ ތަޙްޤީގްކުރަންޖެހޭނެ؟
— Moosa Maniku (Reeko) (@ReekoMoosa) January 31, 2021
ފާއިތުވި ސާޅީހަކަށް އަހަރުވެސް ގިނަ ދިވެހީން ބޭސްފަރުވާކޮށް އަދި ޑޮކްޓަރުންނާ، ބޭހާ ފާމަސިސްޓުންނާ ނަރުހުން ގިނައިން ރާއްޖެއަށް ގެނައީ އިންޑިއާއިން؟އަމިއްލަވިޔާފާރިއަށްވިއަސް، ސަރުކާރުންވެސް ސިއްހީ ކަންކަމުގަ ބެލީމި އުސޫލު؟
ޕާޓީޤާނޫނު އިސްލހުކުރިއިރު މާއްދާއެއްލީތަ— Moosa Maniku (Reeko) (@ReekoMoosa) January 31, 2021
އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކޮވިޝީލްޑް ވެކްސިނަކީ ރައްކާތެރިކަމާ މެދު ސުވާލު އުފެދިފައިވާ ވެކްސިނެއް ކަމަށް ބުނެ އިދިކޮޅުން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާގައި ދަނީ ގޮވާލަމުންނެވެ. އަދި އެންމެ ފުރަތަމަ އެ ވެސްސިން ޖައްސަލަވަން ޖެހޭނީ ރައީސް އިބްރާހީމް މުޙައްމަދު ޞަލިޙްކަމަށްވެސް އިދިކޮޅުން ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ