އަދުރޭ އަވަގުރާނަ ގޮވި މައްސަލައިގެ ޝަރީޢަތް ފަށައިފި، އެދުނީ ޖަވާބުދާރީވުމަށް އިތުރު ފުރުޞަތަކަށް

އަދުރޭ އަވަގުރާނަ ގޮވި މައްސަލައިގެ ޝަރީޢަތް ފަށައިފި، އެދުނީ ޖަވާބުދާރީވުމަށް އިތުރު ފުރުޞަތަކަށް

Author
މުޙައްމަދު ޖިމީ
31 ޖެނުއަރީ 2021 10:53
0

ޢާންމު ތަނެއްގައި ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރި މައްސަލައިގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ފަށައިފިއެވެ.

ޢަބްދުއްރަހީމްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ، ކުރީގެ ރައީސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ހުކުމް ކުރި ދުވަހު ކްރިމިނަލް ކޯޓުގެ ބޭރުގައި އޮތް މުޒާހަރާގެ ތެރެއިން، އަޑުގަދަކުރާ ބޭނުންކުރައްވައިގެން ކްރިމިނަލް ކޯޓުގެ ގާޒީންނާ ބެހޭގޮތުން ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރި މައްސަލައިގެވެ. އޭނާގެ މައްޗަށް ދަޢުވާކުރުމަށް ކުރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

މިމައްސަލާގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ މައްސަލާގެ ދަޢުވާ އިއްވާފައެވެ. ނަމަވެސް ޢަބްދުއްރަޙީމްގެ ފަރާތްޕުޅުން މައްސަލައަށް ޖަވާބުދާރީ ނުވެ، އެދިވަައިގަތީ މައްސަލައިގެ ލިޔެކިއުން ލިބިވަޑައިގަތީ މިއަދު ކަމަށް ވިދާޅުވެ ޖަބާވުދާރީވުމަށް އިތުރު ފުރުޞަތެއް ދެއްވުމަށެވެ. މިމައްސަލާގައި ޢަބްދުއްރަަީިމްގެ ދިފާޢީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވަނީ ދަރިދަނބިކަލުން އަޙްމަދު ޙިޝާމް ވަޖީހުއެވެ.

މިއާއެކު މައްސަލަ ބައްލަވާ ޤާޟީ ޙަސަން ސަޢީދު ވަނީ މިމައްސަލައަށް އަންނަ ހަފްތާގައި ބާއްވާ އަޑުއެހުމުގައި ޢަބްދުއްރަޙީމަށް ޖަވާބުދާރީވުމަށް ފުރުޞަތު ދެއްވާފައެވެ.

އަބްދުއްރަހީމްގެ މައްޗަށް މިދަޢުވާ އުފުލާފައި ވަނީ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން ޙުކުމް އިއްވި ދުވަހު އެ ސަރަހައްދުގައި ހުރެ ފަނޑިޔާރުންނަށް ނިސްބަތްކޮށް ހަޑި ހުތުރު ބަސް ބޭނުކޮށް ހަޑި ހުތުރު ބަހުން ވާހަކަ ދައްކާފައިވާ ކަމަށް ބުނެއެވެ.

އެދުވަހު ފަނޑިޔާރުންނަށް ނިސްބަތް ކުރައްވައި، ހުތުރު ބަހެއް ބޭނުންކޮށް، އިންޒާރު ދިން މައްސަލަ ތަހުގީގު ކޮށްދިނުމަށް ފުލުހުންނަށް ހުށައަޅާފައި ވަނީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ މިއީ އިދިކޮޅުގެ ސިޔާސީ ހަރަކާތްތައް ހުއްޓުވައި އިދިކޮޅުގެ އަޑު ކަނޑުވާލަން ސަރުކާރުން ރާވައިގެން ހިންގާ އަމަލުތަކެއް ކަމަށެވެ. އަދި އަބްދުއްރަހީމަކީ ސިޔާސީ ގޮތުން ދައްކާހާ ބިރަކަށް ފަހަތަށް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.