އައްޑޫ ސިޓީ ލިންކްރޯޑްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލަކާއި ބައިސްކަލެއް އަދި ކާރެއް ޖެހިގެންނެވެ.
މި އެކްސިޑެންޓް ހިނގީ ގަމުން ހިތަދުއަށް ދުއްވާފައި ދިޔަ ސައިކަލަކާއި ބައިސްކަލެއް ޖެހި، އަދި ހަމަ އެވަގުތު ގަމުން ހިތަދުއަށް ދުއްވާފައި ދިޔަ ކާރެއް ސައިކަލުގައި ޖެހިގެންނެވެ. މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއާ ބައިސްކަލުގައި އިން މީހާއަށް އަނިޔާވެ، އައްޑޫ އިކުއިޓޯރިއަލް ހޯސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.
މި ޙާދިސާގެ ރިޕޯޓް ފުލުހުންނަށް ކޮށްފައިވަނީ މިރޭ 18:37ހާއިރުއެވެ. މި އެކްސިޑެންޓް ހިނގީ ލިންކް ރޯޑްގެ ޕޮލިސް ޓްރެއިނިންގ ސްކޫލް ހުންނަ ސަރަޙައްދުގައިކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓު ފޮނުވާ