ކާފިއު ގަޑީގައި ބޭރުގައި އުޅޭނަމަ ފިޔަވަޅު އަޅަނީ

ކާފިއު ގަޑީގައި ބޭރުގައި އުޅޭނަމަ ފިޔަވަޅު އަޅަނީ

Author
މުޙައްމަދު ޖިމީ
28 ޖެނުއަރީ 2021 08:54
0

ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެފައިވާތީ އިޢުލާންކޮށްފައިވާ ކާރފިއުގެ ވަގުތުގައި ބޭރުގައި އުޅޭމީހުންނާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.

ރޭގަނޑު12:00 އިން ފެށިގެން ފަތިހު04:00 އާއި ހަމައަށް މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ދަނީ ކާފިއު ހިންގަމުންނެވެ. ފުލުހުން ބުނީ، މާސްކް ނާޅާ ބޭރުގައި އުޅޭ މީހުންނާއި، ކާފިއު ގަޑީގައި ބޭރުގައި އުޅޭ މީހުންނަށް، އިތުރު އިންޒާރަކާ ނުލައި ޖޫރިމަނާ ކުރާނެކަމަށެވެ. ކާފިއު ގަޑީގައި ބޭރުގައި އުޅޭ މީހުން ހުއްޓުވުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ވަނީ އެޗްޕީއޭގެ ގައިޑްލައިނާއި އުދޫލްތަކާއި އެއްގޮތަށް ޢަމަލުކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން މިމަހުގެ 27 ގައި ނެރެފައިވާ އެންގުމުގައިވަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅުއްވާފައިވާކަމަށެވެ. އެގޮތުން މާލެއާއި ހުޅުމާލެއާއި، ވިލިމާލޭގައި ޕާޓީތަކާ، ޙަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާކަމަށާއި، މިމަހުގެ 27 ވަނަ ދުވަހުގެ ރޭ ދަންވަރު 12 އިން ފެށިގެން ފަތިހު 4 އަކަށް މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާއްމު ތަންތަނަށް މީހުން ނުކުތުން މަނާކަމަށް އެޗްޕީއޭގެ އެންގުމުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.