ތިން ރަށެއްގެ ހޮސްޕިޓަލުގައި ބެކަޕް ޖަނެރޭޓަރު ބެހެއްޓުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ. ބެކަޕް ޖަނެރޭޓަރު ބެހެއްޓުމަށް ހަމަޖެހިފައިވަނީ ގދ.ތިނަދޫ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ހދ.ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައެވެ.
މިއީ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކަށް މެދުކެނޑުމެއްނެތި ކަރަންޓު ފޯރުކޮއްދިނުމަށް ކުރެވޭ މަސައްކަތުގެތެރެއިން ހަވާލުކުރި މަޝްރޫޢުތަކެކެވެ. ހެލްތު މިނިސްޓްރީން މިމަޝްރޫޢު ފެނަކައާއި ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު އަޙްމަދު އާދިލްއެވެ. ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދެވެ. މި ރަސްމިއްޔާތުގައި ޙެލްތު މިނިސްޓަރވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އަތޮޅުތެރޭގެ ހޮސްޕިޓަލްތަކަށް މެދުކެނޑުމެއްނެތި ކަރަންޓު ފޯރުކޮއްދިނުމަށް @MoHmv އާއި މިކުންފުންޔާ ގުޅިގެން ކުރެވޭ މަސައްކަތުގެތެރެއިން, އިތުރު 03 ހޮސްޕިޓަލެއްގައި ބެކްއަޕް ޖެނެރޭޓަރ ސިސްޓަމް ގާއިމް ކުރުމުގެ އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއި ކުރެވިފަ.(1/2) pic.twitter.com/OQyL6Z2nde
— Fenaka Corporation Ltd (@TeamFenaka) January 28, 2021
ކޮމެންޓު ފޮނުވާ