ރައީސް ވެކްސިން ނުޖައްސަވާ އަޅުގަނޑަށް ވެކްސިން ދީގެން މަރާލަން އުޅުއްވާނެކަމެއް ނެތް: މުސްޠަފާ

ރައީސް ވެކްސިން ނުޖައްސަވާ އަޅުގަނޑަށް ވެކްސިން ދީގެން މަރާލަން އުޅުއްވާނެކަމެއް ނެތް: މުސްޠަފާ

Author
މުޙައްމަދު ޖިމީ
28 ޖެނުއަރީ 2021 05:54
0

ކޯވިޑް-19ގެ ވެކްސިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެކްސިން ނުޖައްސަވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެކްސިން ނުޖައްސަވާތީކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ ތުހުމަތުކުރައްވައިފިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް އިންޑިއާއިން ރާއްޖެއަށް ދީފައިވާއިރު، އޭގައި 1 ލައްކަ ޑޯޒް ހިމެނެއެވެ. ނަމަވެސް އެއީ ޑަބްލިއުއެޗްއޯއިން ހުއްދަ ދީފައިނުވާ ވެކްސިނެއް ރާއްޖެ ގެނައުމާއި ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި އެ ވެކްސިން ދޭން ފަށާނެ ދުވަހެއްވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގަޔަށް ވެކްސިން ނުޖައްސަވާ ހުންނެވުމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ހުންނެވީ ވެކްސިންް ނުޖައްސަވާކަމަށެވެ. އެހެންކަމުންއެ ވެކްސިން ޖަހައިގެން މަރާލަން ނޫޅުއްވުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ޕްރައިމް މިނިސްޓަރ މޯދީ ގަޔަށް ވެކްސިން ނުޖަހާ ހުރީމަ ރައީސް އިބްރާހީމް މުޙައްމަދު ޞަލިޙްވެސް ތި ހުންނެވީ ނުޖަހަން. ކޮންމެހެން ވެކްސިން ޖަހައިގެން އަޅުގަނޑު މަރާލަން އުޅުއްވާނެކަމެއް ނެތް. މަނިކުފާނު ތިކަން ކުރިއްްޔާ މާ ރަނގަޅުވާނެ.

– ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ

ފަހަކަށް އައިސް މުސްޠަފާ އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑ ވިދާޅުވަމުންނެވެެ. މުސްޠަފާ މިގޮތަށް ފާޑުވިދާޅުވެފައިވާއިރު، އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ކޯވިޑް ވެކްސިން ޖައްސަވަން ވަރަށް ބޭނުންފުޅުވާކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކޯވިޑް 19 އިން ރައްކާތެރިވުމަށްޓަކައި ޖަހާ ވެކްސިން އެންމެ ފުރަތަމަ ރާއްޖެއަށް ގެނެސްފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އިންޑިއާއިންނެވެ. އެއީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީގެ ސައިންސްވެރިންނާއި ސިންގަޕޫރުގެ އެކްސްޓްރާޒެނަކާއިން ތައްޔާރުކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާ ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިންގެ 100000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ މުޅިން ހިލޭ ދީފައެވެ.

އެޗްޕީއޭއިން ވަނީ ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިން ޖެހުމަކީ މަޖުބޫރުކަމެއް ނޫންކަން ހާމަކޮށްފަ އެވެ. ނަމަވެސް ވެކްސިން ޖެހުމުގެ ސަބަބުން ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އިތުރު އެހީއަކަށްވާނެކަމަށާ، ގިނަ ބަޔަކު މި ވެކްސިން ޖަހައިފިނަމަ އާއްމު ޙާލަތަށް ރުޖޫއަވުން އަވަސްވާނެކަން އެއެޖެންސީން ވަނީ ފާހަގަކޮށްފަ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Hum
Thivekusineh nujhaanan
އ އައިސް
ތެދު ފުޅެއް