ކޮޕާ އިޓާލިޔާގެ ސެމީ ފައިނަލުން ޔުވެންޓަސް ޖާގަހޯދައިފިއެވެ.
މުބާރާތުގެ ސެމީ ފައިނަލުން ޔުވެންޓަސް ޖާގަ ހޯދީ ސެރިއާ ބީ ގައި ވާދަކުރަމުންދާ ސެޕެލްއާ ވާދަކޮށް 4-0 ލަނޑުން މޮޅުވެގެންނެވެ. ޔުވެންޓަސްއަށް މެޗުގައި ލަނޑުތައް ކާމިޔާބުކޮށްދިނީ ފުރަތަމަހާފްގައި އަލްވާރޯ މޮރާޓާ އާއި ގިއާންލޫކާ ރަބޯޓާއެވެ. ފަހު ދެލަނޑު މެޗުގެ ދެވަނަހާފްގައި ކާމިޔާބުކޮށްދިނީ ޑިޖޭން ކުލްސްވެސްކީ އާއި ފެޑްރީސިއޯ ޗީސާއެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި އަންނަމަހު ޔުވެންޓަސް ނުކުންނާނީ ވާދަވެރި އިންޓަމިލާންއާ ދެކޮޅަށެވެ. އިންޓަމިލާން ސެމީ ފައިނަލުން ޖާގައި ހޯދީ މިލާން އަތުން މޮޅުވެގެންނެވެ. ޔުވެންޓަސް ފުރަތަމަ ލެގުގައި މިލާންގެ ސަންސީރޯގައި އަންނަ މަހު ދެވަނަ ދުވަހު ނުކުންނައިރު ފަހު ލެގު އޮންނާނީ ޔުވެންޓަސް ދަނޑުގައިއެވެ. މިމެޗުގައި ކާޑް ހަމަވުގެ ސަބުބުން އިންޓަމިލާންގެ އަޝްރަފް ހަކީމީ އާއި ރޮމަލޫ ލުކާކޫ އަށް ނުކުޅެވޭނެއެވެ.
މި މޮޅާއެކު ޔުވެންޓަސް ވަނީ އެންމެފަހުން އެޓީމު ކުޅުނު 8 މެޗުގެ ތެރެއިން 7 މެޗު ކާމިޔާބުކޮއްފައެވެ. މުބާރާތުގެ ދެވަނަ ސެމީފައިނަލުގެ އެޓްލާންޓާ އާއި ވާދަކުރާ ޓީމެއް ކަށަވަރުގެންދާނީ މިރޭ ކުޅޭ ނަޕޯލީ ސްޕީޒިއާ މެޗަށްފަހުއެވެ. ހަފްތާ ބަންދުގައި ލީގުގައި ޔުވެންޓަސް ނުކުންނާނީ ސަންޕްޑޯރިޔާއާ ދެކޮޅަށެވެ.
ކޮމެންޓު ފޮނުވާ