ބާސެލޯނާ ކުއާޓާ އަށް

ބާސެލޯނާ ކުއާޓާ އަށް

Author
މުޙައްމަދު ޝަޒައިމް
28 ޖެނުއަރީ 2021 04:53
0

ސްޕެނިޝް ކަޕްގައި ރޭ ލިއޮނަލް މެސީގެ ގޯލާ އެކު ފަހަތުން އަރައި 2-1 އިން ރަޔޯ ވަޔެކާނޯ ބަލިކޮށް ބާސެލޯނާ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ސްޕެއިނުގެ ދެ ވަަނަ ޑިވިޝަނުގެ ހަތަރު ވަނައިގައި އޮތް ރަޔޯ އިން ރޭގެ މެޗުގެ 63 ވަނަ މިނިޓްގައި ލީޑުނެގީ ފްރޭން ގާސިއާ ޖެހި ގޯލުންނެވެ. މިއީ ރަޔޯ ކުޅުންތެރިއަކު ޖެހި ބޯޅައެއް ބާސެލޯނާ ކީޕަރު ނެޓޯ އަތުގައި ޖެހިފައި ގޯލު ކުރިމައްޗަށް ހުރަސްވުމުން ގާސިއާ ޖެހި ގޯލެކެވެ. ރަޔޯ އި ން ލީޑުނެގިތާ ހަ މިނިޓް ފަހުން ބާސެލޯނާ އަށް އެއްވަރުކޮށްދިނީ މެސީ އެވެ. އޭނާ މި ގޯލު ޖެހީ އެންޓޮއިން ގްރީޒްމަން ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މިއީ ސްޕެނިޝް ސުޕަ ކަޕް ފައިނަލުގައި ދެއްކި ރަތް ކާޑުގެ ސަބަބުން މެސީ އަށް އައި ދެ މެޗުގެ ސަސްޕެންޝަނަށް ފަހު އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް ބާސެލޯނާ މޮޅުކޮށްދިން ލަނޑު ޖެހީ ފަހަކަށް އައިސް މުހިއްމު ގޯލުތަކެއް ޖަހަމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯން އެވެ. ބާސެލޯނާ ވަނީ30 ފަހަރު މި މުބާރާތް ކާމިޔާބުކޮއްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.